ހއ. ތުރާކުނު މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތުރާކުނު މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ

އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އަލީއެވެ.

ހއ. ތުރާކުނަކީ 707 މީހުންގެ އާބާދީއެއް ދިރިއުޅޭ މަސްވެރ،ި ފަތުރުވެރިކަމަށްވެސް މަޝްހޫރު ރަށެކެވެ. މި ރަށުގެ ރައްޔިތުންނަކީ އެއްބައިވަންތަ ދީނީ ކަންކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އިއްޔެ ސޮއެކުރެވުނު ތުރާކުނު މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަކީ ތުރާކުނު ރައްޔިތުން އެކަމަކަށް ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެކެވެ.

ހއ. ތުރާކުނު މިސްކިތަކީ ރަށުގެ އިސްލާމީ ވަޙުދަތު ހިމާޔަތް ކޮށް ދީނީ އެއްބައިވަންތަކަން އިތުރުކޮށްދޭނޭ ބިނާއަކަށް ވެގެންދާނެއެވެ.



މި މަޝްރޫޢުގެ ދަށުނ،ް 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މިސްކިތެއް ބިނާ ކުރެވިގެން ދާނެއެވެ. އަދި މިސްކިތް ނިމިގެން ދާއިރު ވުޟޫ ކުރެވޭ 2 ސަރަޙައްދެއްގެ އިތުރުން މިސްކިތުގެ ގޯތި ތެރެ ޕޭވްކޮށް ވަށާފާރު ލެވިގެން ދާނެއެވެ.

މި މަޝްރޫޢަކީ 11.21 މިލިއަން ރުފިޔާގެ 365 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް

ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން