ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިޔޮނަލް މެސީގެ ފުރާނައާއި ހަށިގަނޑު އޭނާގެ ކްލަބް އިންޓަ މިއާމީއަށް ނުހަނު އަގުބޮޑެވެ. މެސީ އިންޓަ މިއާމީގައި އޭނާގެ ހުނަރު ދައްކަމުން ދާއިރު، މެސީގެ ސަލާމަތަށްޓަކައި ޑޭވިޑް ބެކަމް ވަނީ އޭނާއަށް ބޮޑީގާޑެއް ހޯދާދީފައެވެ.

މެސީގެ ބޮޑީގާޑަށް ދޭ މުސާރައިން އެކަނިވެސް އެ ކްލަބަށް އޭނާ މުހިންމު ވަރު ހާމަވެގެންދެއެވެ. މެސީއާއި އޭނާގެ އާއިލާ ގާޑްކުރާ މަތިން ބޮޑީގާޑް ޔާސީން ޗެއުކޯއަށް އަހަރެއްގެ މައްޗަށް 3 މިލިއަން ޑޮލަރުގެ މުސާރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޓަ މިއާމީއިން މެސީގެ ހަށިފާރަވެރިއަކަށް ނަގާފައިވަ ބޮޑީގާޑަކީ އާދައިގެ ބޮޑީގާޑެއް ނޫނެވެ. އެގޮތުން، އޭނާއަކީ އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކޮށް ހަނގުރާމަވެރި އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވި ކުރީގެ ސިފައިންގެ މީހެކެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުންނަމަ، ޗިއުކޯ އޭނާގެ ވަޒީފާ ނަގަނީ ވަރަށް ސީރިއަސްކޮށެވެ. މެސީއާއިއެކު ފޮޓޯ ނަގަން އައި ކުޑަކުއްޖަކަށްވެސް މެސީއާއި ކައިރިވެވުނަ ނުދިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން