ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ ޢަމަލީ މަސައްކަތް ސެޕްޓެމްބަރ 5 ވަނަ ދުވަހު ފަށާފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ މިސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު ވެލިދޫގައި މި އެޅޭ އިންސްޓިޓިއުޓަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މިސަރުކާރުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން، 10،276 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީ އެއްގެ އިތުރުން 2 ވޯކްޝޮޕް ހުންނާނެކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ 11.91 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ދިހަ ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން