ރ.އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މިމަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ މިމަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު އެރަށް ގެންގޮސްފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. މިއީ 14.7 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2022ވަނަ އަހަރުގެ ފަހުކޮޅުއެވެ. މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިންގ އޮފިސަރ، ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢޫގެ ސަބަބުން އިންނަމާދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީންދެކެއެވެ. އަދި މަސައްކަތް ފެށުމާއެކު ވަރަށްއަވަށް ފުރިހަމަކޮށް ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ދެކެއެވެ.

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައެވެ.
— MTCC Plc (@MTCCPlc) September 21, 2023
މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ގްރޮއިން ޖެހުން ހިމެނޭ. މިއީ 14.7 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް.#MTCCProjects #RayyithungeKunfuni pic.twitter.com/mzagAO8tz0
އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2022ވަނަ އަހަރުގެ ފަހުކޮޅުއެވެ. މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިންގ އޮފިސަރ، ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢޫގެ ސަބަބުން އިންނަމާދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީންދެކެއެވެ. އަދި މަސައްކަތް ފެށުމާއެކު ވަރަށްއަވަށް ފުރިހަމަކޮށް ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ދެކެއެވެ.
ކިޔުންތެރިންގެ ހިޔާލު