ލ. މާބައިދޫ އާ ނެރު ހެދުމާއި، ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ ތެރެއިން (ފޮޓޯ: އެމްޓީސީސީ)
ލ. މާބައިދޫ އާ ނެރު ހެދުމާއި، ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ ތެރެއިން (ފޮޓޯ: އެމްޓީސީސީ)
ލ. މާބައިދޫ އާ ނެރު ހެދުމާއި، ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތުގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 63 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން އެރަށުގައި ކުރިން ކަނޑާފައިވާ ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އަދި 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މަރޖް ބްރޭކްވޯޓަރ ލުމުގެ މަސައްކަތުގެ އިތުރުން 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީންވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 02 ގައި ޢަމަލީގޮތުން މަސައްކަތް ފަށާފައިވާ މި މަޝްރޫޢަކީ 16.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން