ހދ. ކުޅުދުއްފުށި ސިޓީގައި އާރު.ޓީ.އެލްގެ ސްކޫލް ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިޚިދުމަތް އެރަށުގައި ފެށީ މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްއެވެ.



ސްކޫލް ބަހުގެ ޚިދުމަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ރާއްޖޭގެ ބިންބޮޑެތި ސަރަޙައްދުތަކުގައި ތަޢާރަފްކުރާ ޚިދުމަތެކެވެ. ކުޅުދުއްފުށީގައި މިޚިދުމަތް ފެށުމާއެކު އަންނަ ހަފްތާގައި ސްކޫލް ހުޅުވުމާއެކު ޓެސްޓް ދަތުރުތައް ފަށާނެއެވެ. ކުޅުދުއްފުށީގައި ސްކޫލް ބަހުގެ ޚިދުމަތް ފެށީ މުޅިން އަލަށް އާރުޓީއެލްއިން ކުޅުދުއްފުއްޓަށް ގެންދިޔަ ދެ ބަހާއެކުއެވެ.

އެމްޓީސީސީން ބުނީ މިއީ ފެށުމެއްކަމަށާ، މި ޚިދުމަތަށް ކުޅުދުއްފުށި ސިޓީގައި ތަރުހީބު އޮންނަ މިންވަރަކަށް ބަލައި ޚިދުމަތް ފުޅާކުރާނެކަމަށެވެ. އަދި ވަރަށް އަވަހަށް އެސިޓީގައި ބަސް ސްޓޮޕްތަކާއި އެނޫންވެސް އިންތިޒާމުތައް ހަމަޖެހި ފުރިހަމަވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޢާންމު ދަތުރުފަތުރުގެ ޚިފުމަތްދޭ ކުންފުންޏެވެ. ޚާއްސަކޮށް އެކުންފުނިން ދެމުންއަންނަ އާރުޓީއެލްގެ ނުވަތަ ރާއްޖެ ޓްރާންސްޕޯޓު ލިންކުގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން