ފުލުހުން އާންމުކުރި ވިޑިއޯއިން ނަގާފައިވާ މަންޒަރެއް
ފުލުހުން އާންމުކުރި ވިޑިއޯއިން ނަގާފައިވާ މަންޒަރެއް
ތުއްތު ދަރިފުޅު ގޮވައިގެން ދިޔަ އަންހެނެއްގެ ގަޔަށް ވަޅިހެރި އޭނާގެ ކުރީގެލޯބިވެރިޔާ ހޯދަން އެމެރިކާ ފުލުހުން ވީޑިއޯ އެއް އާންމުކޮށްފިއެވެ.

ބުދަ ދުވަހު އެމެރިކާ ފުލުހުން އާންމުކުރި ވީޑިއޯ އަކީ ވަރަށް އަނިޔާވެރި ބަލަން އުނދަގޫ ވީޑިޔޯއެކެވެ. މި ވީޑިޔޯގައި ފެނިގެން ދަނީ ފިރިހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާ ގަޔަށް ވަޅި ހަރަމުން ދިޔަ މަންޒަރެވެ. މި ހާދިސާ ހިނގި އިރު އެ އަންހެން މީހާ ހުރީ އޭނާގެ ތުއްތު ދަރިފުޅު އުރައިގެންނެވެ.

21 އަހަރުގެ މި އަންހެންމީހާ އޭނާގެ ދަރިފުޅު ސްޓްރޯލާއަކަށް ލައިގެން ދުއްވަމުން ދިޔައީ ވޭން ކޯރޓްލޭންޑްގައި ހުންނަ ސެޑްވިކް އެވެނިއުގައެވެ. ކުރީގެ ލޯބިވެރިޔާ، 25 އަހަރުގެ ޒުވާނާ ކާލޯރސް ގޮންޒާލޭޒް ހިނގަމުން ދިޔައީ އޭނާގެ ފަހަތުންނެވެ. ދެން ފެނިގެން ދިޔައީ ދެމީހުން ޒުވާބު ކުރަން ފެށިތަނެވެ. ޒުވާބު ކުރަމުންއައިސް އެފިރިހެންމީހާ އެއަންހެންމީހާގެ ކަރުގައި ހިފި މަންޒަރެވެ. އެއަށްފަހު އަންހެން މީހާއާއި އޭނާގެ ދަރި ލާފާ އޮތް ސްޓްރޯލާ ބިންމައްޗަށް ވައްޓާލާ އެއަންހެންމީހާ ގަޔަށް ވަޅި ހަރަން ފެށީއެވެ.

ފުލުހުން ބުނެފައި ވަނީ އެފިރިހެން މީހާ ފިލުމުގެ ކުރިން އެތައް ފަހަރަކު އަންހެން މީހާ އަށް ވަޅިން ހަމަލަ ދީފައި ވާކަމަށެވެ.

މިހާރު އަނިޔާލިބުނު އަންހެންމީހާ އާއި އޭނާގެ ދަރިފުޅު ވަނީ ސެއިންޓް ބަރނަބަސް ހޮސްޕިޓަލުގައި އެޑުމިޓް ކޮށް ފަރުވާދޭން ފަށާފައެވެ. ފުލުހުން ވަނީ އަންހެން މީހާ ޢަށް އަނިޔާ ދިން އޭނާގެ ކުރީގެ ލޯބިވެރިޔާ ހޯދަން އޭނާގެ ސިފަތަކާއި އެކު އާންމުކޮށްފައެވެ ނިއުޔޯކްސިޓީގެ މެންހެޓަންގައި ދިރިއުޅޭ ގޮންޒާލޭޒް ވަނީ އަނިޔާ ދިނުމަށްފަހު ފިލާފައެވެ.ފުލުހުން މިހާރުގެންދަނީ މި މައްސަލަ އިތުރަށް ތަހުގިގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން