އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   17 ޖުލައި 2020 - 5:35
ކޯވިޑް ވެކްސިން ޓެސްޓް ކުރުމަށް ވޮލަންޓިއަރ ކުރި މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ
ކޯވިޑް ވެކްސިން ޓެސްޓް ކުރުމަށް ވޮލަންޓިއަރ ކުރި މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ
އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވާސިޓީއާއި އެމެރިކާގެ މޮރޑާނާއިން އެފެއްދި ވެކުސިނަކީ ކާމިޔާބު ވުމުގެ އުއްމީދީ ނިޝާންތައް ފެނިއްޖެ ކަމަށް އެދެކުންފުނިން ބުނެފިއެވެ

މިހާރު އިންސާނުން ނަށް ވެކުސިން ދީގެން ކުރަމުން ގެންދާ ތަހުލީލުތަކުން ބަލި ރަނގަޅުވުމުގެ އަލާމާއްތައް ފެންނަމުން ދާކަމަށް އެދެ ކުންފުނިން ވެސް ބުނެފައިވެއެވެ. ދެކުންފުނިން ވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު 2 ވެކްސިން އަކަށެވެ.



އޮކްސްފޯރޑުން އުފައްދާ ވެކްސިން އަންނަ ސެޕްޓެމްބަރ މަހުގައި ނެރޭވޭނެކަމުގެ 80 އިންސައްތަޔަގީންކަން ދެމުންދާއިރު

އޮކްސްފޯރޑް ގެ ވެކްސިން ދީފައިވާ މީހުންގެ ގައިން ޓީ ސެލްސް ކިޔާ ހުދު ސެލްއެއް އުފެދެމުން ދާކަމަށާއި އަދި މި ސެލްއަކީ ކޮރޯނާ ވައިރަސް ނައްތާލުމަށް އެހީތެރި ވާނެ ސެލް އަކަށް ވާނެ ކަމަށް އޮކްސްފޯރޑްއިން ނެރުނު ރިޕޯރޓުގައިވެއެވެ.

ކޭމްބްރިޖްގައި ހުންނަ މޮޑާރނާގެ މާހިރުން ވެސް ހާމަކޮށްފައިވަނީ އެކުންފުނިން ޓެސްޓް ކުރަމުންދާ ވެކްސިންދިން އިންސާނުންގެ ގައިން އެންޓިބޮޑީ އުފެދޭކަމުގެ އަލާމަތް ވަރަށް ބޮޑަށް ފެނިފައި ވާކަމަށެވެ. އޮކްސްފޯޑުގެ މާހިރުން ވިދާޅުވެފައިވަނީ ހަށިގަނޑު މިކަހަލަ ވައިރަސްއަކާއި ހަނގުރާމަ ކުރުމަށް 2 ގޮތެއްވާކަމަށާއި އެދެގޮތަކީ އެންޓިބޮޑީ އާއި ހަށިގަނޑުގައި އުފެދޭ ޓީ ސެލްސްއިނެވެ. ގިނަބަޔަކު އެންޓިބޮޑީ އަށް ބޮޑަށް ބަރޯސާވިޔަސް ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމަށް ޓީ ސެލްސްގެ ދައުރު ވަރަށް މުހިއްމު ކަމަށް އެފަރާތުން ވިދާޅުވެއެވެ.

އޮކްސްފޯރޑްގެ ވެކްސިންގެ ތިންވަނަ ޓެސްޓް ބުރު ކުރިއަށް ގެންދިޔުމަށް އިނގިރޭސިވިލާތުން އެކަނިވެސް 8000 މީހުންވަނީ އިސްނަގައިފައެވެ. މިކަމަށް ބުރެޒިލް އާއި ދެކުނު އެފްރިކާއިން 6000 މީހުންވަނީ ވޮލަންޓިޔަރ ކޮށްފައެވެ.



މި ވެކްސިން އުފައްދަމުން ދަނީ އިނގިރޭސިވިލާތުގެ ކޭމްބްރިޖްގައި ހުންނަ އެސްޓްރާޒެނެކާ އިންނެވެ. މިވެކްސިން ކާމިޔާބު ވާނެކަމުގެ އުއްމީދު އޮތުމާއެކު މިހާރުވެސް މިލިޔަނެއްހާ ވެކްސިނަށް އޯޑަރު ލިބިފައިވެއެވެ. ކުރިޔަށް ދެން އޮތީ ގިނަ އަދަދެއްގެ އިންސާނުން ނަށް ވެކްސިންދީގެން ޓެސްޓް ކުރުމެވެ މޮޑާރނާ އިން އިއްޔެރޭ ނެރުނު ރިޕޯރޓުގައި ބުނެފައިވަނީ ވެކުސިން ދިން 45 މީހެއްގެ ފަރާތުން ރަނގަޅުވުމުގެ ނިޝާންތައް ފެނިފައި ވާއިރު އަދި މި ވެކްސިނުން ކަންބޮޑު ވާންޖެހޭފަދަ ސައިޑް އިފެކްޓެއް ފެނިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ކުޑަކޮށް ބޮލުގައި ރިއްސުމާއި މަސްގަނޑަށް ތަދުވުމުގެ އިތުރުން އިންޖެކްޝަންޖެހި ތަނަށް ތަދުވުމުގެ ޝަކުވާތައް އައި ނަމަވެސް އެއީ ވަރަށް ކުޑަ ސައިޑް އެފެކްޓްތަކެއް ކަމަށް ބުނެފައިވެ އެވެ.



އެމެރިކާގެ އިންފެކްޝަންސް ޑިޒީޒްގެ މާހިރު ޑރ. އެންތޮނީ ފައުޗީ ވެސް ވިދާޅުވެފައިވަނީ މިއީ ވަރަށް އުފާވެރި ހަބަރެއްކަމަށެވެ. މޮޑާރނާ އަކީ އެމެރިކާގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސްއަށް ވެކްސިނެއް އުފެއްދި ކުންފުންޔެވެ. މިހާރު އެކުންފުނިން ތައްޔާރުވަމުން އެދަނީ 30،000މީހުނަށް އެވެކްސިން ދީގެން ވެކުސިން މަސައްކަތް ކުރާމިންވަރު ދެނެގަތުމުގެ މަސައްކަތަށެވެ. އެމެރިކާގެ ސަރުކާރުން ވަނީ މޮޑާރނާއަށް ބިލިޔަނެއްހާ އެމެރިކާ ޑޮލަރ ހަދިޔާ ކޮށްފައެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގައި އިސްކޮަށް ހަރަކާތްތެރިވާ ޕްރޮފެސަރ ގިލްބާރޓް ވިދާޅުވެފައިވަނީ މިވެކްސިން ކާމިޔާބު ވެއްޖެނަމަ ގިނަ އަހަރުތަކަކަށް ކޮރޯނާ ވައިރަސް އިން ސަލާމަތް ކޮށްދޭނެކަމަށެވެ. ގިލްބާރޓްއަކީ ދުނިޔެއަށް ނަން މަޝްހޫރު ސައިންސްވެރިއެކެވެ.

ދުނިޔޭގެ ހުރިހާއެންމެންވެސް އިންތިޒާރުކުރަމުން ދަނީ މި ނުރައްކާތެރި ބަލި މުޅި ދުނިޔެއިން ނެތިދާނެ ދުވަހަކަށެވެ. ވެކްސިންއެއް ކާމިޔާބު ވާން އުޅޭ ކަމުގެ ހަބަރަކީ ވަރަށް ވެސް އުފާވެރި ހަބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން