އުމުރުން 104 އަހަރުގައި އެންމެ އުމުރުން ދޮށީ ސްކައިޑައިވް ކުރި މީހާގެ ރިކޯޑް މުގުރާލި ޑޮރޯތީ ހަފްނާ، ގިނެސް ވޯލްޑް ރިކޯޑް ފޮތަށް އެރުމުގެ އެއް ހަފްތާ ފަހުން މަރުވެއްޖެއެވެ.
1 އޮކްޓޯބަރގައި ޑޮރޯތީ ހަފްނާ ސްކައި ޑައިވް ކުރުމަށް ފުންމާލާފައި ވަނީ 10،000 ފޫޓު މަތިންނެވެ.
ޑޮރޯތީ ހޮފްނަރގެ ކުރިން މި ރިކޯޑް ގާއިމްކޮށްފައިވަނީ އުމުރުން 103 އަހަރުގެ ސްވިޑަން އަންހެނެކެވެ. ޑޮރޯތީ ސްކައިޑައިވް ކޮށްފައިވަނީ އެމެރިކަން ޕެރެޝޫޓް އެސޯސިއޭޝަންގެ ޓެންޑަމް ޕެރެޝޫޓް އިންސްޓްރަކްޓަރަކާއި އެކީގައެވެ.
އެމެރިކާގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އަލަށްވެސް ސްކައިޑައިވް ކުރަން ފެށީ އުމުރުން 100 އަހަރުގައެވެ. ޑޮރޯތީއާއި އެކީ ސްކައިޑައިވްކުރި އިންސްޓްރަކްޓަރ ބުނި ގޮތުގައި އެ ކުޅިވަރުގައި ބައިވެރިވާ ޒުވާނުންނަށްވުރެ ޑޮރޯތީ މާ ޖެހިލުން ކުޑަ ކަމަށެވެ.
"ސްކައިޑައިވިން އަކީ ވަރަށް ސަޅި ތަޖުރިބާއެއް، އަދި އެއީ ބިރުގަންނަން ޖެހޭ ކަމެއް ނޫން. އެހެންމީހުންވެސް ތަޖުރިބާކޮށްލަން ރަނގަޅު. އަދިވެސް އެއްފަހަރު ސްކައިޑައިވް ކުރަން ބޭނުން." އެފަދަ ދެވަނަ ފުރުސަތެއް ނުލިބި ދުނިޔެ ދޫކުރަން ޖެހުނު ޑޮރޯތީގެ ތަޖުރިބާއާއި ބެހޭ ގޮތުން އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު