ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބަންގްލަދޭޝްއާއި ރާއްޖެ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެެ. އެހެން ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރާއްޖެއަށް ފުރަތަމަ ހާފުގައި ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ.

މެޗުގެ ދެވަނަ ހާފުގެ 87 ވަނަ މިނެޓްގައި ރާއްޖެ އަށް ލީޑު ނަގައިދިނީ ރާއްޖޭގެ ޒުވާން ފޯވާޑް ހަސަން ނަޒީމް ގާސިމް (ޗޯޓު) އެެވެ. ޗޯޓު މި ގޯލު ކާމިޔާބު ކޮށްދިނީ ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާ ތެރޭގައި މުޅިން ހުހަށް ހުރެ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެެވެ. ބަންގްލަދޭޝަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިނީ ސާދް އުއްދީން އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން