މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ އެފަދަ ދެވަނަ އެއް ނެތް، އެ ކްލަބަށް އެންމެ ގިނަ ގޯލް ޖަހާދޭ ކުޅުންތެރިޔާ އާލިންގ ހާލަންޑަށް ރިލީޒް ކްލޯޒްއެއް ނުހިމެނޭ އައު ކޮންޓްރެކްޓްއެއް ހުށަހަޅައިފިއެވެ.

އުމުރުން 23 އަހަރުގެ ހާލަންޑާއިއެކު ސިޓީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގައެވެ. ސިޓީއިން ބޭނުންވީ އެ ކޮންޓްރެކްޓްގައި ހިމެނޭ 200 މިލިއަން ޔޫރޯގެ ރިލީޒް ކްލޯޒް ނުހިމެނޭ އައު އެއްބަސްވުމެއް ތައްޔާރުކުރާށެވެ. އެހެން ނަމަވެސް، ބާސެލޯނާއާއި ރެއާލް މެޑްރިޑް ފަދަ ލަލީގާގެ ކްލަބްތަކުން ހާލަންޑަށް ފާރަލާފާނެތީ، ސިޓީއަށް އަވަސް އަވަހަށް މި ފިޔަވަޅު އަޅަން މަޖުބޫރުވިކަމަށް ރިޕޯޓްތައް ބުނެއެވެ. އެއާއިއެކު، އެހެން ކްލަބްތަކަށް ހާލަންޑް ހޯދަން ދަތިވާނެއެވެ.

މީގެ އިިތުރަށްވެސް، ސިޓީން ނިންމީ ހާލަންޑްގެ މުސާރަ ބޮޑުކުރުމުގެ އިތުރަށް އެއްބަސްވުމުގެ މުއްދަތުގެ ތެރެއަށް އެއް އަހަރު އިތުރު ކުރާށެވެ.

އަންނަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އެކްލަބާއި ނުގުޅިއްޖެ ޙާލަތެއްގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އަމާޒަކީ ހާލަންޑް އެ ކްލަބަށް ގެނައުން ކަމުގައި އީއެސްޕީއެނުން ރިޕޯޓް ކުރެއެވެ. އެ ކްލަބްގެ ތަރި ކަރިމް ބެންޒެމާ ސައުދީ ލީގަށް ކުޅެން ފެށިފަހުން އޭނާ ނެތް ތަން ފުބެއްދޭނެ ވަރުގެ ސްޓްރައިކަރއެއް ހޯދަން ރެއާލަށް މިވަގުތު ވަރަށް މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން