ފަލަސްތީނުގެ ފުޓްބޯޅަ މެޗްތައް ބޭއްވުމަށް ބޭނުންވާ ހުރިހާ ޚަރަދެއް ބެލެހެއްޓުމަށް އަލްޖީރިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.

ވަރަށް ކުރިއްސުރެ ފަލަސްތީނަށް ތާއީދުކުރާ އަލްޖީރިއާއިން މި ނިންމުން ނިންމީ ފަލަސްތީނުގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާގެ އެދުމުގެ މަތިންނެވެ. ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ގައުމީ ޓީމުން 2026 ވަނަ އަހަރު ވޯލްޑް ކަޕްގެ ކޮލިފައިންނާއި 2027 ވަނަ އަހަރު އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކާއި ކޮލިފައިންނަށް ތައްޔާރުވުމަށް ކުޅޭ އެކުވެރިކަމުގެ މެޗުތައް އަލްޖީރިޢާ އިން ހޯސްޓްކޮށްދޭން އިސްނެގިއެވެ.

އެހެންކަމުން، ވޯލްޑް ކަޕް ކޮލިފައިންގައި އޮސްޓްެރޭލިއާއާ ދެކޮޅަށް އަންނަ މަހުގެ 21 ވަނަ ދުވަހު އަލްޖީރިއާ ކުޅެން ހަމަޖެހިފައި އޮތް މެޗު މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ އަލްޖީރިއާގައެވެ. އެހެން ނަމަވެސް، އަލްޖީރިއާއަށް މިގޮތަށް އަމަލުކުރެވޭނީ އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ރުހުން ލިބުމުންނެވެ.

ވޯލްޑް ކަޕް އޭޝިއަން ޕްރިލިމިނަރީ ކޮލިފައިން ގްރޫޕް އައިގައި ފަލަސްތީން އޮތީ އޮސްޓްރޭލިއާ އާއި ލުބުނާނާ އެކުގައެވެ.

އޮކްޓޫބަރ 7 އިން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަަމަލާތަކުގައި ޝަހީދުވީ ފަލަސްތީނު އާންމުންގެ އަދަދު 4000 އާއި ވަނީ ގާތްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން