ކުށެއް ނެތް ފުރާނަތައް ގަތުލުކުރުން ހުއްޓުވުމަށް ލިވަޕޫލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޞަލާޙު ބައިނަލްއަޤްވާމީ ލީޑަރުންނަށް ގޮވާލައިފިއެވެ.

މިސްރަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ޞަލާޙު ވަނީ ފަލަސްތީނަށް އިޒްރޭލުން ދެމުންގެންދާ އަނިޔާތަކާއި ދެކޮޅުށް އޭނާގެ ފޭސްބުކުގައި ވީޑިއޯއެއް ހިއްސާާކޮއްފައެވެ ސަލާހުވަނީ. އަނިޔާވެރިކަމުގެ މައްޗަށް އިންސާނިއްޔަތު އިސްކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.



"އަނިޔާވެރިކަމާއި މާޔޫސްކަން އިންތިހާއަށް ކުރިމަތިކުރުވައިފި" ފަލަސްތީނުގެ ވެރިރަށް ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި ބެހޭގޮތުން ޞަލާޙު ބުނެފަވެއެވެ. އޭނާ ވަނީ ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ، "ޤަބޫލުކުރަން ދަތި، އަދި ހިތްފަޅައިގެންދާ ވަރަށް ބިރުވެރި " މަންޒަރުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. "ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާގެ ސާމާނު މިހާރުން މިހާރަށް ބޭނުންވޭ،" އެހެންކަމުން، ގިނަ މީހުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޞަލާޙު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އިލްތިމާސްކޮށްފައެވެ.

އަދި ހަމައެއާއިއެކު، ޣައްޒާއަށް ވީ އެންމެ އަވަހަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ހުޅުވާދިނުމަށްވެސް އޭނާ ގޮވާލާފަވެއެވެ.

ކޮންމެ ފުރާނައަކީވެސް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ރައްކާތެރިކަން ޙައްޤު ބައެއް ކަމަށާއި ޤަތުލުއާންމުތައް ހުއްޓުވަން ޖެހޭކަމަށްވެސް ޞަލާޙު ޕޯސްޓުކުރި ވީޑިއޯގައި ބުނެފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން