ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ކަރީމް ބެންޒެމާ ފަލަސްތީނަށް ތާއީދުކޮށް ގާޒާގެ ރައްޔިތުންނާއެކު ހުރިކަން ސޯޝަލްމީޑިއާގައި ހާމަކުރުމާ ގުޅިގެން ފްރާންސުން އޭނާއަށް ފިއްތުންތައް ކުރިމަތިކުރުވަން މަސައްކަތްކޮށްފިއެވެ.
ބެންޒެމާއަކީ ފްރާންސްގެ ޑުއަލް ސިޓިޒަންޝިޕް އޮންނަ މުސްލިމް ފުޓްބޯޅަ ކުޅުންތެރިއެކެވެ. މީސް މީޑިއާގައި ފަލަސްތީނާއި އިޒްރޭލުގެ ހަނގުރާމައާއި ބެހޭގޮތުން ޚިޔާލު ފާޅުކުރުމުން ފްރާންސްގެ ދާހިލީ ވަޒީރު ޑާމަނިން ވަނީ އޭނާއަކީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ޖަމާއަތެއް ކަމަށްވާ މުސްލިމް ބްރަދާހުޑްއާއި ގުޅުންހުރި މީހެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ފްރާންސްގެ ސެނެޓް މެންބަރު ވަލޭރީ ބޯޔާ ވަނީ އޭނާ އަތުން ފްރާންސްގެ ރަށްވެހިކަން އަތުލައި އޭނާއަށް ދީފައިވާ ބެލަން ޑޯ އެވޯޑްވެސް އަތުލުމަށް ގޮވާލައްވާފައެވެ.
"ފްރާންސްގެ ޑުއަލް ސިޓިޒަންޝިޕްގައި އުޅޭ ބައިނަލްއަގުވާމީ ފަރާތަކުން މިފަދައިން އަހަރެމެންގެ ގައުމަށް ޣައްދާރުވުން ބަލައެއް ނުގަނެވޭ." ބޯޔާ ވިދާޅުވިއެވެ.
މިއަހަރު ތެރޭގައި ސައުދީގެ ކްލަބް އަލް-އިއްތިހާދަށް ބަދަލުވި ބެންޒެމާގެ ޤާނޫނީ ވަކީލު ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އަދި ފްރާންސްގެ ދާހިލީ ވަޒީރާއި ދެކޮޅަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް ބުނެފައި ވެއެވެ.
"ދުއާތައް ވަނީ ގާޒާގެ ރައްޔިތުންނާ އެކު" ކަމަށާއި، ކުޑަކުދިންނާއި އަންހެނުން ވަނީ އަނެއްކާ ވެސް "ނުހައްގުން ބޮމުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައި" ކަމަށް ބެންޒެމާ ބުނުމުން ފްރާންސްގެ ބައެއް ސިޔާސީ ލީޑަރުން ވަނީ އޭނާ ފްރާންސްގެ ރައްޔިތަކަށްވެހުރެ 'ނުބައި މިސާލެއް ދެއްކުން' ކަމަށް ސިފަކޮށްފައެވެ. މިކަމުގެ ރައްދުގައި ބެންޒެމާގެ ޤާނޫނީ ވަކީލު ބުނީ އޭނާ މަޝްހޫރު މީހަކަށްވިޔަސް އެހެން އެންމެންވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރާ އުސޫލުން ބެންޒެމާއަށްވެސް ޚިޔާލު ފާޅުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.
މުސްލިމުންނަށް ނަފްރަތުކުރާ ފްރާންސް ސަރުކާރުން ވަނީ އެޤައުމުގެ މަގުމަތީގައި ފަލަސްތީނާއި އެއްކޮޅަށް ވާހަކަދެއްކުން މަނާކޮށްފައެވެ. އަދި ފްރާންސްގެ ކްލަބުތަކަށް ކުޅޭ ޤައުމުން ބޭރު ކުޅުންތެރިންވެސް ފަލަސްތީނުގެ ޙައްޤުގައި ވާހަކަދެއްކުމުން ކްލަބުތަކުން ދަނީ ފިޔަވަޅު އަޅަމުންނެވެ.
އެގޮތުން، ނީސްއަށް ކުޅެމުންދާ މުސްލިމު ކުޅުންތެރިއެއް މީސް މީޑިއާގައި ފަލަސްތީނު ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރުމުން، އޭނާ ކުރި ޕޯސްޓް ޑިލީޓްކޮށް މައާފަށް އެދުމަށް މަޖުބޫރުކޮށްފައި ވެއެވެ.

Toutes nos prières pour les habitants de Gaza victimes une fois de plus de ces bombardements injustes qui n’épargnent ni femmes ni enfants.
— Karim Benzema (@Benzema) October 15, 2023
"ފްރާންސްގެ ޑުއަލް ސިޓިޒަންޝިޕްގައި އުޅޭ ބައިނަލްއަގުވާމީ ފަރާތަކުން މިފަދައިން އަހަރެމެންގެ ގައުމަށް ޣައްދާރުވުން ބަލައެއް ނުގަނެވޭ." ބޯޔާ ވިދާޅުވިއެވެ.
މިއަހަރު ތެރޭގައި ސައުދީގެ ކްލަބް އަލް-އިއްތިހާދަށް ބަދަލުވި ބެންޒެމާގެ ޤާނޫނީ ވަކީލު ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އަދި ފްރާންސްގެ ދާހިލީ ވަޒީރާއި ދެކޮޅަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް ބުނެފައި ވެއެވެ.
"ދުއާތައް ވަނީ ގާޒާގެ ރައްޔިތުންނާ އެކު" ކަމަށާއި، ކުޑަކުދިންނާއި އަންހެނުން ވަނީ އަނެއްކާ ވެސް "ނުހައްގުން ބޮމުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައި" ކަމަށް ބެންޒެމާ ބުނުމުން ފްރާންސްގެ ބައެއް ސިޔާސީ ލީޑަރުން ވަނީ އޭނާ ފްރާންސްގެ ރައްޔިތަކަށްވެހުރެ 'ނުބައި މިސާލެއް ދެއްކުން' ކަމަށް ސިފަކޮށްފައެވެ. މިކަމުގެ ރައްދުގައި ބެންޒެމާގެ ޤާނޫނީ ވަކީލު ބުނީ އޭނާ މަޝްހޫރު މީހަކަށްވިޔަސް އެހެން އެންމެންވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރާ އުސޫލުން ބެންޒެމާއަށްވެސް ޚިޔާލު ފާޅުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.
މުސްލިމުންނަށް ނަފްރަތުކުރާ ފްރާންސް ސަރުކާރުން ވަނީ އެޤައުމުގެ މަގުމަތީގައި ފަލަސްތީނާއި އެއްކޮޅަށް ވާހަކަދެއްކުން މަނާކޮށްފައެވެ. އަދި ފްރާންސްގެ ކްލަބުތަކަށް ކުޅޭ ޤައުމުން ބޭރު ކުޅުންތެރިންވެސް ފަލަސްތީނުގެ ޙައްޤުގައި ވާހަކަދެއްކުމުން ކްލަބުތަކުން ދަނީ ފިޔަވަޅު އަޅަމުންނެވެ.
އެގޮތުން، ނީސްއަށް ކުޅެމުންދާ މުސްލިމު ކުޅުންތެރިއެއް މީސް މީޑިއާގައި ފަލަސްތީނު ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރުމުން، އޭނާ ކުރި ޕޯސްޓް ޑިލީޓްކޮށް މައާފަށް އެދުމަށް މަޖުބޫރުކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު