ރާޔާ ރިޟާ   21 އޮކްޓޯބަރު 2023 - 13:11
ކުޅެން ފުރުޞަތު ނުލިބުމުގެ ސަބަބުން އިންގްލޭންޑްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކެލްވިން ފިލިޕްސް މެންޗެސްޓާ ސިޓީ ދޫކޮށްލަން ވިސްނަމުން ދާކަމަަށް ބުނެފިއެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ޖެނުވަރީގައި ޓްރާންސްފާ ވިންޑޯ އަލުން ހުޅުވެންދެން މެންޗެސްޓާ މެޗްތަކުގައި ފިލިޕްސްގެ ބޭނުން ހިފިދާނެ ކަމަށެވެ. އަދި ޖެނުވަރީގައި އޭނާ އެހެން ޓީމަކަށް ދާން ބޭނުމިއްޔާ ސިޓީން އޭނާ ދޫކޮށްލަން ތައްޔާރު ކަމުގައިވެސް ގާޑިއޮލާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޖެނުވަރީގައި ފިލިޕްސް ސިޓީ ދޫކޮށް، ލޯނު އުސޫލުން އެހެން ކްލަބަކާއި ގުޅޭނެއެވެ. ޖަރުމަނުގެ ބަޔާން މިއުނިކާއި ޕްރިމިއާ ލީގުގެ ނިއު ކާސަލުން އޭނާ ހޯދުމަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.

ފިލިޕްސް ހޯދަން މި ދެ ކްލަބުން ވާދަކުރާއިރުގައި އެއްކޮޅުން ބަޔާންގެ ޓީމުގައި އިނގިރޭސި ޤައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން ހިމެނެއެވެ. އަނެއްކޮޅުން، ނިއު ކާސަލްއަށް މިވަގުތަކީ އައު މިޑްފިލްޑަރެއް ހޯދުން ވަރަށް މުހިންމު ދަނޑިވަޅެކެވެ. އެއީ އެޓީމުގެ މިޑްފިލްޑަރ ސަންޑްރޯ ޓޮނާލީ މިވަގުތު ހުރީ ދިގު މުއްދަތެއްގެ ސަސްޕެންޝަނެއްގައެވެ. އެހެންކަމުން، މި ދެ ކްލަބަށްވެސް ފިލިޕްސް ހޯދުން މިވަގުތު ވަރަށް މުހިންމު ކަމަށް ބެލެވެއެވެ.

ސިޓީން ފިލިޕްސް އެކްލަބަށް ގެނެސްފައިވަނީ ބޮޑު އަގެއްގައެވެ. އެހެން ނަަމަވެސް، ގާޑިއޯލާ ފިލިޕްސްގެ ބޭނުން ހިފާފައިވަނީ ވަރަށް މަދު މެޗުތަކުގައެވެ. އަދި ސިޓީއާއި އެންމެ ފުރަތަމަ ގުޅުނު ދުވަސްކޮޅު ފިލިޕްސް ހޭދަކުރަންޖެހުނީވެސް އަނިޔާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން