ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހުމަތާއި ގުޅިގެން އޭނާގެ މައްޗަށް ތަހުގީގެއް ހިންގަމުން ދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލަޕޯޓާގެ މައްޗަށް ކުރެވޭ އެއް ދައުވާއަކީ ރެފްރީ ހޯސޭ މާރިއާ އެންރިކޭޒް ނެގްރެއިރާއަށް ރިޝްވަތު ދިނުމުގެ ދައުވާއެވެ.

މި މައްސަލަ ކުރިއަށްގެންދާ ސްޕެއިންގެ މެޖިސްޓްރޭޓް ކޯޓުން ވަނީ ލަޕޯޓާގެ އިތުރަށް ރެފްރީ ނެގްރެއިރާއާއި އޭނާގެ ދަރިފުޅު ހާވިއާއާއި ބާސެލޯނާގެ ކުރީގެ އިސްވެރިން ސަސްޕެކްޓުންގެ ގޮތުގައި ކަނޑައަޅާފައެވެ.

ލަޕޯޓާ ބުނީ ކޯޓުގެ ޤާޟީއަށް އިތުބާރުނުކުރެވޭތީ އޭނާގެ މައްޗަށް މިފަދަ ދައުވާއެއް އުފުލިދާނެ ކަމަށް އޭނާއާއި ޓީމް ދުރާލާ ތައްޔާރުވެގެންތިބި ކަމަށެވެ. އެހެން ނަމަވެސް، އޭނާ ވަނީ ރިޝްވަތު ދިން ކަމަށް އިންކާރުކޮށްފައެވެ.

"އެއީ ހަގީގަތަކަށް ނުވީމަ، އެކަން ސާބިތެއް ނުކުރެވޭނެ. ރެފްރީންނަށް ބާސެލޯނާގެ ފަރާތުން ފައިދާވާ ކަމަކަށް އަހަރެންނަކަށް ދުވަހަކުވެސް އިހުސާސް ނުކުރެވޭ." އޭނާ ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން