ދުނިޔޭގެ އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ ލިޔޮނަލް މެސީގެ ކްލަބް އިންޓަ މިއާމީއަށް ލުއިސް ސުއަރޭޒް ގެންނަން އުޅޭ ކަމަށް އިންޓަ މިއާމީގެ ކޯޗް ޖެރާޑޯ މާޓީނޯ ބުނެފިއެވެ.
އުރުގުއާއީ ގައުމީ ޓިމަށް ކުޅެދިން އުމުރުން 36 އަހަރުގެ ސުއަރޭޒް އިންޓަ މިއާމީއަށް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށް ނޫސްވެރިންނަށް މަޢުލޫމާތު ދެމުން މާޓީނޯ ބުނެފައި ވެއެވެ.
ބްރެޒިލްގެ ގްރީމިއޯއަށް ކުޅެމުންދާ ސުއަރޭޒްއަކީ 137 މެޗުން 68 ގޯލް ޖަހައިގެން އުރުގުއާއީ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ މަޤާމް ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި މިވަގުތު އޭނާ އަކީ މި ސީޒަނުގައި ބްރެޒިލް ލީގުގައި ކުޅުނު 27 މެޗުން ނުވަ ގޯލު ޖަހައިގެން ގްރެމިއޯއަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ.
އެހެން ނަަމަވެސް، ސުއަރޭޒް ބުނީ ބްރެޒިލް ލީގުގައި ކުޅެން އޭނާއަށް ވަރަށް އުނދަގޫ ކަމަށެވެ. އަދި އެ ލީގަށް ކުޅުމުގެ ތެރޭގައި އޭނާގެ "ކަކުލަށް ވަރަށް ޕްރެޝާ" ވާ ކަމަށް ސުއަރޭޒް ބުނެފަވެއެވެ. މީގެ ކުރީގައި ސުއަރޭޒް ވަނީ އޭނާގެ ދެ ކަކުލުގެވެސް ސާޖަރީ ހަދާފައެވެ.
އެމްއެލްއެސް އަށް މެސީ ގެނައުމުގެ މާގިނަ ދުވަހެއް ނުވަނީސް އެ ކްލަބުން ސުއަރޭޒްއާއި ވާހަކަނުދައްކާ އޭނާއާއި ބެހޭ މުއާމަލާތްތައް ގްރީމިއޯއާއި ކުރި ކަމަށް ސުއަރޭޒް ހާމަކޮށްފައި ވެއެވެ.
އޭނާ ވަނީ ކޮންޓްރެކްޓްގެ މުއްދަތު ހަމަނުވަނީސް ކްލަބް ދޫކޮށްލުމަށް މަޝްވަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު