މަރިޔަމް ލަމްޙާ ރަޝީދު   26 އޮކްޓޯބަރު 2023 - 13:31
އެމެރިކާގެ އަކީ ދުނެޔޭގައި ހިނގާ ހުރިހާ ހަމަނުޖެހުމުގެ އަސްލުކަމުގައި އެންމެންވެސް ޤަބޫލުކުރާނެއެވެ. ދުރުގައިތިބެ ހަތިޔާރާއި މާލީ އެހީތެރިކަން ފޮނުވައިގެން ދުނިޔޭގެ އެހެން ކަންކޮޅުތަކަށް އަތްގަދަ ކުރަމުންގެންދާ ނުބައި އެޖެންޑާއެއް އެތަނުގައި ވެއެވެ. އެހެންނަމަވެސް އެޤައުމަކީ އެހެން ޤައުމުތަކުގެ މީހުން ވަޒަންވެރިވުމަށް ހުޅުވާލާފައިވާ ޤައުމެކެވެ. ނަތީޖާއަކީ އެކި ޤައުމުތަކުގެ މީޙުން އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަށާއި އެކިއެކި ވަޒީފާތަކަށް ދިއުމަށް އަދި އެބަޔެއްގެ ޤައުމުގައި އުޅެން އުނދަގޫވެ ދަތިވުމުން އެމެރިކާއަށް ދަތުރުކޮށް ވަޒަންވެރިވުމެވެ.

އެހެންކަމުން މިއަދު އެޤައުމުގައި އެންމެ ބާރަށް ފެތުރޭ އަޤީދާއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާއެވެ. އަދި މުސްލިމުންގެ އާބާދީ ދުވަހުންދުވަހަށް ދަނީ އެޤައުމުގައި އިތުރުވަމުންނެވެ. ތިރީގައިމިވަނީ އެމެރިކާގައި މުސްލިމުން އެންމެ ގިނަ 10 ސިޓީގެ މައުލޫމާތެވެ.

މިސިޓީތަކުގެ ތެރޭގައި މުސްލިމުވެރިން އެކުލޭވޭ ސިޓީއެއް ހިމެނޭ

1. ވޮޝިންގޓަން ޑީސީ

މިއީ އެމެރިކާގެ ވެރިކަންކުރާ ސިޓީއެވެ. މިސިޓީގައި އުޅޭ މުސްލިމުންގެ އާބާދީ 2 ލައްކައަށްވުރެ ގިނައެވެ. މިދިޔަ 10 އަހަރު ތެރޭގައި ވަރަށް ބޮޑަށް މުސްލިމުންގެ އާބާދީ އިތުރުވެފައިވާކަމަށް ދިރާސާތަކުން ދައްކައެވެ. މިކަމުގެ ސަބަބުތަކުގެ ތެރޭގައި އެޤައުމަށް ދިރިއުޅުން ބަދަލުކުރާ މީހުންނާއި، އިސްލާމްދީނަށް ވަންނަ މީހުންގެ އަދަދު ގިނަވުމާއި އަދި ދަރިމައިވުމުގެ އަދަދު ގިނަވުމެވެ.

2. ހެމްޓްރޭންކް، މިޝިގަން

މިސިޓީގައި މުސްލިމުންގެ އާބާދީއަކީ، ޖުމްލަ އާބާދީގެ 60 އިންސައްތައެވެ. މިސަރަހައްދުގައި އުޅޭ މުސްލިމުންގެ އާބާދީގެ ގިނަ ބަޔަކު ނިސްބަތްވަނީ ޔަމަނާއި ބޮސްނިއާ އަދި ބަންގްލަދޭޝްއަށެވެ. މިސިޓީގައި ހުންނަ ކައުންސިލް މޭޔައަކީ އަދި މުޅި ކައުންސިލްވެސް ތަމްސީލްކުރަނީ މުސްލިމުންނެވެ. 2021 ވަނަ އަހަރު އަމީރު ޣާލިބް މޭޔަރ ކަމަށް އައްޔަން ކުރެވިފައިވާއިރު މިއީ އެމެރިކާގެ މުޅި ތާރީޚަށް ބަލާއިރުވެސް އަލަށް މުސްލިމަކު ސަރުކާރުގެ އެފަދަ މަޤާމަކަށް އައްޔަން ކުރެވުނު ފުރަތަމަ ފަހަރެވެ.

3. ޑިއަބޮން، މިޝިގަން

ޑިއަބޮންގައި އާބާދީގެ 40 އިންސައްތައަކީ މުސްލިމުންނެވެ. ޑިއަބޮންގައި ހުންނަ އިސްލާމިކް ސެންޓްރަލް އޮފް އެމެރިކާގެ ނަމުގައި ހެދިފައިވާ މިސްކިތަކީ މުޅި އެމެރިކާގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތެވެ. ކޮންމެ އަހަރަކުވެސް މިސިޓީގައި 'އެނުއަލް އަރަބް ފެސްޓިވަލް' ގެ ނަމުގައި އަރަބިންނާއި އެސަރަހައްދުގައިތިބޭ މުސްލިމުން ފެނިދެނިވެ އުފާކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިމަބައިގެން ބާއްވާ ބޮޑު އެއްވުމެއް އޮވެއެވެ.

4. ޑާލަސް، ޓެކްސަސް

މިއީ އެމެރިކާގެ 7 ވަނައަށް މުސްލިމުން އެންމެ ގިނަ ސަރަހައްދެއެވެ. އާބާދީގެ އަދަދަށް ބަލާއިރު 135000 މުސްލިމުން މިސަރަހައްދުގައި އުޅޭކަމަށް އަންދާޒާކުރެވެއެވެ. މިސިޓީގައި އިސްލާމިކް ސްކޫލްތަކާއި މިސްކިތްތަކާއި ކޮމިއުނިޓީ ސެންޓަރުތައްވެސް ހުރެއެވެ.

5. އެޓްލާންޓާ، ޖޯޖިއާ

މިސަރަހައްދުގައި 130،000 އަށް އަންދާޒާ ކުރެވޭ އާބާދީއަކާއިއެކު މިއީ އެމެރިކާގެ 6 ވަނައަށް އެންމެ ގިނަ މުސްލިމުން އާބާދުވެފައިވާ ސަރަހައްދުކަމުގައި ބެލެވެއެވެ. މިސަރަހައްދުގައި 50 މިސްކިތް ހުރެއެވެ. ގިނައިން މިސަރައްދުގައި އާބާދުވެފައިވަނީ ނައިޖީރިއާއާއި ޕާކިސްތާނު އަދި ބަންގްލަދޭޝްގެ މުސްލިމުންނެވެ.

6. ފިލެޑެލްފިއާ، ޕެންސިލްވޭނިއާ

މިސަރަހައްދުގައި އިސްލާމްދީނަން އަލަށް ވަންނަ މުސްލިމުންގެ އާބާދީގިނަކަމަށް ސާވޭތަކުން ދައްކައެވެ. މިސަހަރަހައްދުގައި 200،000 މުސްލިމުން އުޅޭކަމަށް އަންދާޒާކުރެވެއެވެ.



7. ޗިކާގޯ، އިލެނޯއީ

ޗިކާގޯގައި މުސްލިމުންގެ އާބާތީ އިތުރުވެ އެސަރަހައްދުގައި ދަނީ މުސްލިމުންގެ ޖަމާއަތް ވަރުގަދަވެ ގިނަވަމުންނެވެ. މިސަރަހައްދުގައި އުޅޭ މުސްލިމުންގެ އާބާދީއަށް ބަލާއިރު 361000 މުސްލިމުން އުޅޭކަމަށް އަންދާޒާކުރެވެއެވެ. އަދި މިއީ އެމެރިކާގެ ނިސްބަތުން 4 ވަނައަށް މުސްލިމުން އެންމެ ގިނަ ސަރަހައްދުވެސްމެއެވެ. މިސްކިތްތަކާއި ހަލާލް ރެސްޓޯރެންޓްތައް މިސަރަހައްދުގައި ގިނައެވެ.

8. ލޮސް އެންޖެލެސް، ކެލެފޯނިއާ

މިސަރަހައްދަކީ އެމެރިކާގެ އާބާދީގެ ނިސްބަތުން 3 ވަނައަށް އެންމެ ގިނަ މުސްލިމުން އާބާދުވެފައިވާ ސަރަހައްދެއެވެ. އާބާދީގެ އަދަދަށް ބަލާއިރު ގާތްގަނޑަކަށް 370000 މުސްލިމުން އުޅޭކަމަށް އަންދާޒާކުރެވެއެވެ. މިރަހަހައްދުގައި 40 އަށްވުރެ ގިނަ މިސްކިތް ހުރެއެވެ.

9. ހިއުސްޓަން، ޓެކްސަސް

ހިއުސްޓަންއަކީ ޓެކްސަސްގައި ހުންނަ އެންމެ ބޮޑު ސިޓީއެވެ. މިސަރަހައްދުގައި އުޅޭ މުސްލިމުންގެ އާބާދީ 443000 އަށްވުރެ ގިނަވާނެ ކަމަށް އަންދާޒާކުރެވެއެވެ. މިސަރަހައްދުގައި 209 މިސްކިތް ހުރެއެވެ. އެންމެ ގިނައީ އަރަބިންނާއި އެފްރިކާއަށް ނިސްބަތްވާ މުސްލިމުންނެވެ.

10. ނިއުޔޯކް ސިޓީ

މިއީ އެމެރިކާގެ މުސްލިމުން އެންމެ ގިނަ ސިޓީއެވެ. މިސިޓީގައި 967500 މުސްލިމުން އުޅެއެވެ. މިދިއަ 5 އަހަރު ތެރޭގައި މިސަރަހައްދުގެ މުސްލިމުންގެ އާބާދީ 29 އިންސައްތަ އިތުރުވެފައިވެއެވެ. މިސަހައްދުގައި އުޅޭ މުސްލިމުންގެ ތެރޭގައި އޭޝިއާ އާއި އެފްރިކާ ޤައުމުތަކަށް ނިސްބަތްވާ މީހުން ގިނައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން