ދުނިޔޭގެ އެންމެ މޮޮޅު ކުޅުންތެރިޔަކަށް އާޖެންޓީނާ އަދި އިންޓަމިއާމީގެ ކެޕްޓަން ލިއޮނެލް މެސީ ހޮވައިފި އެވެ.
ދުނިޔޭގެ އެންމެ މޮޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަަތަ ބެލޮންޑިއޯ އެވޯޑް މެސީ ހޯދީ ފްރާންސްގެ ޕެރިސްގައި ރޭ ބޭއްވި ހާއްސަ އެވޯޑް ރަސްމިއްޔާތުގައެވެ. މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި މި އެވޯޑު ހޯދި 8 ވަނަ ފަހަރެވެ. ރޭގެ މި އެވޯޑާއެކު އެންމެ ގިނަ ބެލޯންޑިއޯ އެވޯޑް ހޯދި ކުޅުންތެރިޔާގެ މަގާމު ވެސް މެސީއަށް ވަނީ ލިބިފައެވެ.
މިދިޔަ ސީޒަނުގައި ކުޅުނު 55 މެޗުން މެސީ ވަނީ 32 ލަނޑުޖަހައި 25 ލަނޑު ޖެހުމުގައި އެހީތެރިވެދީފައެވެ.
އެގޮތުން ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މި އެވޯޑު މެސީ ހޯދާފައިވަނީ 2009، 2010، 2011، 2012، 2015، 2019، 2021، އަދި 2023 ގައެވެ.
ރޭގެ އެވޯޑް ލިސްޓުން ދެވަނަ ހޯދާފައިވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިންގ ހާލާންޑް އެވެ. އަދި މި އެވޯޑުގެ ތިންވަނަ ލިބިފައިވަނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އަށެވެ.

ކިޔުންތެރިންގެ ހިޔާލު