ދުނިޔޭގެ ޓެނިސް ޗެމްޕިއަންޝިޕުން މޮޅުވި ޓިއުނީޝިއާގެ އަންސް ޖާބިރަށް ލިބުނު ފައިސާގެ އިނާމުން ބޮޑު ބައެއް ފަލަސްތީނަށް ހަދިޔާ ކުރުމަށް އޭނާ ނިންމައިފިއެވެ.
ޑަބްލިޔުޓީއޭ ޓެނިސް ޓޯނަމެންޓްގައި އޭނާ ހޯދި ކާމިޔާބީއާއި ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އަންސްއަށް ވަނީ ލިބުނު ކާމިޔާބީއާއި ބެހޭގޮތުން ވާހަކަ ދައްކަން ދަތިވެފައެވެ. އެކަމަށްޓަކައި މައާފަށް އެދެމުން އަންސް ވަނީ ފަލަސްތީން މައުސޫމް ކުޑަކުދިން މަރަމުންދާ މަންޒަރުތަކުން އޭނާގެ ހިތްހަލާކުވެ އެކަމުން ލިބޭ ހިތްދަތިކަމުގެ ޝުޢޫރުތައް ކަރުނައަޅާ ރޮމުން ކެމެރާގެ ކުރިމަތީގައި ބަންޑުން ކޮށްލާފައެވެ.
ޓެނިސްގެ ދުނިޔޭގައި ގިނަބައެއްގެ ލޯބި ހޯދާފައިވާ އަންސްއަށް ފަލަސްތީން ރައްޔިތުން އުޅެމުންދާ ހިތްދަތި ހާލު ބަޔާންކުރެވުނީ ކަރުނައާއިއެކުއެވެ. ޗެމްޕިއަންޝިޕެއްގައި މޮޅު ހޯދުމުން މޫނުމަތިން ފެންނަންޖެހޭ އުފާވެރިކަމުގެ ބަދަލުގައި އޭނާ ވިސްނީ އޭނާ ކުޅިވަރުގެ މައިދާނުގައި އުޅެމުންދާއިރު ފަލަސްތީނުގެ ރައްޔިތުން ހަނގުރާމައިގެ މައިދާނުގައި ކުރަމުންދާ ޖިހާދާއި ދޭތެރޭގައެވެ.
"ދުނިޔޭގައި ކަންތައްތައް މިހާރު ވަމުންދާ ގޮތާއިމެދު އަހަރެން މިހިރީ ވަރަށް މާޔޫސްވެފައި. މިއީ ކޮންމެހެން ސިޔާސީ މަޤްޞަދެއްގައި ދައްކާ ވާހަކައެއް ނޫން. އަހަރެން އެެދެނީ ދުނިޔޭގެ އެންމެންވެސް ސުލްހަވެރިކޮށް އުޅެން." އަންސް ބުނެފައިވެއެވެ.
އަންސްގެ މި ޖަވާބަށްފަހު ނޫސްވެރިޔާ ވަނީ ޓެނިސްގެ ވާހަކަ ދައްކަން އެދިފައެވެ.
"އަހަންނަށް މި މޮޅާއެކު އުފާ ކުރަން ވަރަށް ދަތި. އައި އެމް ސޮރީ، މިއީ ޓެނިސް އާއި ބެހޭ ވާހަކައެއް ކަމަށް ނުބެލެވުނު ނަމަވެސް ކޮންމެ ދުވަހަކު ޚަބަރުތަކުން ފެންނަ މަންޒަރުތަކުން އަހަރެންގެ ހިތަށް ކުޅަދާނައެއް ނުވޭ..." ހިތްދަތި ޖަޒުބާތުތަކާއެކު ރޮވިގެން އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވިގެން ވާހަކަ މެދުކަނޑާލަމުން އަންސް ބުންޏެވެ.
މެކްސިކޯގައި ބޭއްވި ޑަބްލިޔުޓީއޭ ޓެނިސް ޓޯނަމެންޓްގައި އަންސް ވަނީ ޗެކް ރިޕަބްލިކްގެ މާރކެޓާ ވޮންޑްރޮސޯވާގެ މައްޗަށް ކުރި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު