މަރިޔަމް ލަމްޙާ ރަޝީދު   3 ނޮވެމްބަރު 2023 - 13:41
މެއްސަކީ އެތައް ބަލިަތައް ޖައްސުވާ ޖަރާސީމުތަކެއް އުފުލާ ސޫއްޕެކެވެ.
މެއްސަކީ އެތައް ބަލިަތައް ޖައްސުވާ ޖަރާސީމުތަކެއް އުފުލާ ސޫއްޕެކެވެ.
ކުނިގޮނޑުތަކުގައާއި ސާފުނުކޮށް ހާމައަށް ހުންނަ ހަޑި ތަންތަނުގައި މެހި އާލާވެއެވެ. އަދި މިތަންތަނުގައި އެސޮރުމެން ބިސްއަޅައި ފައުޖުތައް ހަދައިގެން ރަށުތެރޭގައި އެނބުރެއެވެ.

މިހެން އެސޮރުމެން އުޅެނިކޮށް އެފެނުނީ ގޭގެ ބޭރު ޖޯލީގައި އަރާމުކޮށް ތިބާ ކާން އިން ތައްޓެވެ. ބަތާއި ގަރުދިޔައާއި މަސްމިރުހާއި ފަތް އެއްކޮށްލައިގެން މޮޑެގެން ހަމަޖެހިލައިގެން މީރުކޮށް ކާން އިންދާ އަސްތާ އެޖެއްސީ ބޮޑު މެއްސެކެވެ.

ފަކުރުން އެތަންކޮޅު އަވަހަށް ނަގާ އުކާލިއެވެ. އަދި އެސޮރުމެންނާއި ދިމާލަށް ހިތާހިތުން އެއްޗެހި ގޮވައިނަގަމުން ބަދިގެއަށް ވަދެ ދޮރު ލައްޕައިގެން ކެއުމާއިގެން ކުރިއަށް ދެވޭތޯ ބެލިއެވެ.

މިއީ ތިޔައިގެތެރެއިން ވަރަށް ގިނަ ބޭފުޅުން ތަޖުރިބާ ކުރަށްވާފައި ހުންނާނެ ކަމެކެވެ. އަދި އެއީ ވަރަށް ގިނަ ބަޔަކު ފަކުރު ގަންނާނެ ވެސް ހާލަތެކެވެ.

މެހީގެ އުނދަގުލަކީ ރަށްފުށުގައި ވަރަށް އާއްމުކަމެކެވެ. އެހެންކަމުން މައި ގެއިން ބޭރުގައި ހަދާފައި ހުންނަ ބަދިގެތައް ފަދަ ތަންތަކުގައި ކާތަކެތި ގެންގުޅޭއިރު އެއްވެސް އެއްޗެއް މަތިނުޖަހައި ބަހައްޓައިފިނަމަ ކާބޯތަކެތީގައި މެހި އިށީނދެ އެތަކެތި ޖަރާސީމުން ތަޣައްޔަރު ކޮށްލައެވެ.

މެހީގެ ސަބަބުން އެކިއެކި ބަލިތައް ފެތުރެއެވެ. މިގޮތުން ތިރީގައި މިވަނީ މެހީގެ ސަބަބުން ޞިއްޙީގޮތުން ނުރައްކާވާ މިފަދަ ބައެއް ކަންކަމެވެ.

1. މެއްސަކީ 60 އެތައް ބައްޔެއް އުފުލާ ސުއިއްޕެއް

ކުނި ގޮނޑުތަކުން ނުކުމެގެން އަންނަ މިސުއިއްޕަކީ މަދުވެގެން ތަފާތު 65 ބައްޔެއް އިންސާނުންގެ މެދުގައި ފަތުރާ އެއްޗެކެވެ. އޭގެ ތެރޭގައި ޑިސެންޓްރީ، ޑައިރިއާ، ކޮލެރާ އަދި ލެޕްރަސީ ފަދަ ބަލިތައް ހިމެނެ އެވެ.

އިންސާނުންގެ އިތުރުން މިސޮރުމެންގެ ފަރާތުން އެހެން ޖަނަވާރުތަކަށްވެސް ބަލި ޖައްސައެވެ. މިގޮތުން ކުކުޅު ހާލަށްވެސް މިސޮރުމެންގެ ފަރާތުން ބަލި ޖެހެއެވެ.

2. މެހީގެ ފައިތަކާއި ފިޔަތަކަކީ ތިބާގެ ކާނާ ބެކްޓީރިއާއާއި ޖަރާސީމުގެ ހާއްޔަކަށް ބަދަލުކޮށްލާ އެއްޗެއް

މިސޫފީގެ އެތެރެ ހަށީގައި ބެކްޓީރިއާ ހުންނަ ކަން ގިނަ ބަޔަކު ދަންނާނެއެވެ. ހަމައެހެންމެ މެހި ޖައްސާ ނަޖިސް މާހައުލުތަކުން ޖަރާސީމުގެ އެތައް ވައްތަރެއް ފައިގަޔާއި ފިޔައިގައި ހަރުލާފައި ހުރެއެވެ. މީގެ ތެރެއިން ގިނަ މައިކްރޯބްސް ހުންނަނީ އެސޮރުމެންގެ ހަށިގަނޑުގެ ބޭރުގައެވެ.

"އެއިން ކޮންމެ މެއްސެއްގެ ފިޔަވަޅަކުން އެތައް ބައިވަރު މައިކްރޯބިއަލް ކޮލޮނީ ނުވަތަ ޖަރާސީމުގެ ލަޝްކަރެއް ދޫކޮށްލާކަމަށް ސައިންސުވެރިން ބުނެއެވެ. މިއީ މެހި ޖައްސާ ކޮންމެ އެއްޗަކުން ވެސް ބަލިތައް ފެތުރިދާނެކަން ޔަގީންވާ ކަމެކެވެ.

3. ތިބާގެ ކާބޯތަކެތީގެ މައްޗަށް އެސޮރުމެން ބިސްއެޅުން އެކަށީގެންވޭ

ކާބޯތަކެތީގެ ތެރެއިން ފަހުން ކެއުމަށް ބަހައްޓާބައި ނުވަތަ ސުފުރާ މައްޗަށް ނަގާފައި މަތި ނުޖަހާ ބަހައްޓާ އެއްޗެއްސަކީ އެސޮރުމެން ބިސްއެޅުމަށް އަދި އެތަކެތީގައި ބިސް ދަރިމައިވުން އެކަށޭނަ މާހައުލެއް އެކުލެވިގެންވާ ތަކެއްޗެވެ. މިއީ ބުނެލަން ފަކުރު ގަންނަ އިހުސާސްތަކެއް ކުރެވޭ ކަމެއް ކަމުގައިވީނަމަވެސް ވަރަށް ގިނަ ބަޔަކު މިކަމަށް ފަރުވާތެރިނުވެއެވެ.

މިފަދަ ކާބޯތަކެތި ކެއުމުން ތިބާ ބަލިވެދާނެއެވެ. އެހެންކަމުން އަބަދުވެސް ކާބޯތަކެތީގައި މަތި ޖަހާފައި ބެހެއްޓުމަށް އިސްކަން ދޭންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން