އެމްޓީސީސީ ބޯޓު ޔާޑު
އެމްޓީސީސީ ބޯޓު ޔާޑު
މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 43.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 979 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އޭގެތެރެއިން ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 43.3 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އެކުންފުނިން ވަނީ ހިންގައިފައެވެ. އެގޮތުން 205 މަޝްރޫއެއްގެ މަސައްކަތް ކޮށްފައިވެއެވެ. އަދި ފަސް މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި އަލަށް 36 މަޝްރޫއުގެ މަސައްކަތް އެ ކުއާޓަރުގައި ފަށާފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

އެމްޓީސީސީން ބުނީ އިމާރަތްކުރުމާއި، ބިންހިއްކުމުގެ ދާއިރާއިން 873.56 މިލިއަން ރުފިޔާ ތިންވަނަ ކުއާޓަރުގައި ލިބިފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާއިން 64.7 މިލިއަން ރުފިޔާ ލިބިފައިވާއިރު ދަތުރުފަތުރުގެ ޚިދުމަތުގެ ދާއިރާއިން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 37.02 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 727 މިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 41.2 މިލިއަން ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން