ކީރިތި ޤުރުއާނުގެ އަލް-ބަޤަރާ ސޫރަތުގެ 156 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރަށްވާފައިވެއެވެ.
الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
"އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ހަޟްރަތައް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ."
މައްޔިތާއަށް އެއީ މަރެއް ނޫނެވެ. މަރުގެ ހުވަފެނެކެވެ. މީހުން ރޮއެ އުޅޭއިރު މައްޔިތާވެސް އެހުވަފެނުގައި ރޯނެއެވެ. ހިނަވާ ކަފުންކޮށް، ވަޅަށް ތިރިކުރުމުގެ ކިފާޔަތު ފަރުޟު އަދާކުރެވެމުން ދާއިރު މައްޔިތާ އެކަންކަމުގައި ބައިވެރިވަމުންދާނީ ހުވަފެނެއްގައެވެ. ފަސް އަޅާ ބެދެމުންދާއިރުވެސް މައްޔިތާ އެހުވަފެނުން ނުހޭލާނެއެވެ. އެކަމަކު ފަސްއަޅާ ހަމަވުމުން ހަޅޭއްލެވެން ފެށޭނެއެވެ. އެކަމަކު އަޑުއިވޭނެ އެއްވެސް މީހެއް ނުވެއެވެ.
ކަށުކަމާކެމީގެ ކަންކަން ނިމި، އެންމެން ތަންދޫކޮށް ދިއުމުން މާތްﷲ އޭނާގެ ރޫޙު އަނބުރާ ރުޖޫޢަކުރަށްވާނެއެވެ. "ނުބައި ހުވަފެނެއް" ފެނުނުކަމަށް ޤަބޫލުކޮށް، ހަމަޖެހިފައި އުފާވާނެއެވެ. ނަމަވެސް، ހޭލައި ތެދުވުމުގައި އަމިއްލަ ހަށިގަނޑުގައި އަތް ޖެހުމުން ހައިރާންވެ، ސުވާލު އުފައްދަން ފަށާނެއެވެ.
"އަހަރެންގެ ގަމީސް ކޮބާ؟ އަހަރެންގެ ފަޓުލޫނު ކޮބާ؟" އަދި އިތުރަށް ސުވާލުކުރެއެވެ. "އަހަރެން މިހުރީ ކޮންތާކު؟ މިއީ ކޮންތަނެއް؟ މިތަނުން ވެއްޔާއި ޗަކަ ވަސް މިދުވަނީ ކީއްވެ؟ އަހަރެން މިތާނގަ ކީއްކުރަނީ؟"
މަޑުމަޑުން، ތިމަންނާއަށް މިއިނދެވުނީ ބިމު އަޑީގައިކަން ޤަބޫލުކުރެވެން ފަށާނެއެވެ. އަދި މީގެކުރިން ހުވަފެނެއްކަމަށް ހިތުއެޅިކަންކަމަކީ، ތެދު ޙަޤީޤަތްކަން ޔަޤީންކުރާނެއެވެ. މިހިސާބުން އޭނާ ސަލާމަތްކުރެވޭނެކަމަށް ޤަބޫލުކުރެވޭ އެންމެހާ ތިމާގެ މީހުންނާއި ރަޙުމަތްތެރިންނަށް ގޮވަން ފަށާނެއެވެ. މަޑަކުންނެއް ނޫނެވެ. އަޑުގެ ނެތްތަނަށް ގޮވުނު އެންމެ ބާރަކަށެވެ.
"ރައްޒާޤް!!! އަބޫބަކުރު!!! ޢަބްދުﷲ!!! ޚަދީޖާ!!! ޢައިޝާ!!!"
އެއްވެސް މީހަކު ޖަވާބުދާރީއެއް ނުވާނެއެވެ. ދެން މައްޔިތާ ރޮއެ، ޢަފޫ އެދެމުންދާނީ ﷲގެ ހަޟްރަތުންނެވެ. އެހީ ފޯރުކޮށްދެވޭނެ އެނޫން ފަރާތެއް ނުވާކަން ޤަބޫލުކުރެވުނީއެވެ.
"ޔާ ﷲ! ޔާ ﷲ! މިއަޅާއަށް މާފުކުރާށެވެ!"
މިއީ ދުނިޔެވީ ޙަޔާތުގައި އޭނާ އިހުސާސް ނުކުރާފަދަ ބިރުވެރިކަމަކާއިއެކު ހަޅޭއްލަވާ ވަގުތުކެވެ. ދެންފަހެ، އެމައްޔިތާގެ ދުނިޔެވީ ޙަޔާތް ބާއްޖަވެރިނަމަ، ދެމަލާއިކަތް ބޭކަލުން ހިނިތުންވެލައިފައި އެބިރު ކަނޑުވަން މަސައްކަތްކުރާނެއެވެ. އަދި ކައްވަޅުގެ ޖަޒާ ހެޔޮގޮތުގައި ކުރިއަށް ގެންދަވާނެއެވެ.
އަދި އެމައްޔިތާގެ ދުނިޔެވީ ޙަޔާތް އަބާއްޖަވެރިނަމަ، ދެމަލާއިކަތްބޭކަލުން އެބިރުގެ އިޙްސާސް ވަރުގަދަކޮށް އިތުރަށް ދަތި ކުރުމުގައި ދެމިތިބޭނެއެވެ. އަދި ކައްވަޅުގެ ޖަޒާ އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދަވާނެއެވެ.
ދުނިޔެއާއި އާޚިރަތުގެ ވެރި، މާތް ﷲއެވެ! އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވާށެވެ. އަޅަމެންގެ މައިންބަފައިންގެ ފާފަތައް ފުއްސަވައިދެއްވާށެވެ. އަދި އަޅަމެންގެ އަނބިދަރިންނާއި ޢާއިލާ މީހުންގެ ފާފަތައް ފުއްސަވައިދެއްވާށެވެ. ރަޙުމަތްތެރިންގެ ފާފަތައް ފުއްސަވައިދެއްވާށެވެ.
އިސްލާމީ އުއްމަތުގެ ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. އޮތީ ދެގޮތެކެވެ. އެއީ މި މަޢުލޫމާތުކޮޅު ހަމައެކަނި ކިޔާލުމެވެ. ނުވަތަ މި ކިޔާލުމަށްފަހު އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކޮށް، ޢާއިލާއަށް ހެޔޮދުޢާކުރުމުގައި ދެމިތިބުމެވެ.
އޭ އަޅުގެ މާތް ރައްބެވެ. ފުރިހަމަ މުސްލިމެއްގެ ހާލުގައި މެނުވީ، މިއަޅާގެ ފުރާނަ ނުގެންދަވާންދޭވެ! اَمِين يَا رَبَّ الْعَالَمِيْن!
ތަރުޖަމާ: ޝަބާ

🔰HOW DO THE DEAD REALIZE THEY ARE DEAD?
— Cool_Ustaaz ❁ (@Cool_Ustaz) October 24, 2023
Just a reminder...
✅ "Innalillahi wa Innailaihi Rajiun!!!"
✅ The dead person does not realize that he died at the beginning. He feels himself dreaming of death, he sees himself crying, bathing, knotting himself and going down to the… pic.twitter.com/7LeZixnFxp
ކިޔުންތެރިންގެ ހިޔާލު