އިންސްޓަރގްރާމުންވެސް 'ޑީއެމްސް' ކިޔައިފިކަން ފޮނުވިމީހާއަށް ނޭނގޭގޮތަށް އާފީޗާއެއް ތަޢާރަފުކުރަން ތައްޔާރުވަމުންދާކަމަށް މޭޓާއިން ވަނީ ދާދިފަހުން އިޢުލާންކޮށްފައެވެ.
މީހަކު މެސެޖު ކުރުމުން އެމެސެޖު ބަލައިފިކަން އެނގުމުން މެސެޖަށް ޖަވާބުދޭން ބޭނުންނުވިޔަސް ޖަވާބުދޭން މަޖުބޫރުވެއެވެ. ނަމަވެސް ބައެއް އެޕްތަކުގައި މިގޮތަށް މެސެޖު ކިޔައިފިކަން ނޭނގޭނެހެން ފީޗާތައް ލާފައި ހުރުމުން، މެސެޖު ކިޔައިފިކަން އެފަރާތަކަށް ނޭނގޭނެއެވެ. އެހެންކަމުން މީގެކުރުން މެސެޖު ކިޔަފިކަން އެނގުމުން އުނދަގޫކުރާ މީހުންގެ ކިބައިން މިންޖުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އިންސްޓަގްރާމުން ތަޢާރަފް ކުރަން ތައްޔާރުވަމުން އަންނަކަން ކުރި އިއުލާންގައި އުމާކް ޒަކަބާގް އަންގާރަ ދުވަހު ވިދާޅުވެފައިވަނީ އިންސްޓަގްރާމުން އާ ފީޗާއެއް ޓެސްޓު ކުރަމުން އަންނަ ކަމަށާއި އެ ފީޗާގެ ސަބަބުން ސީދާ މެސެޖުތަކުގައި ރީޑް ރިސިޕްޓް ދައްކަން ބޭނުންތޯ ނުވަތަ ނޫންތޯ އިޚްތިޔާރު ކުރެވޭނެ ކަމަށެވެ.
މެޓާގެ މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕުން ދޭ ފަދައިން، އާ ފީޗާގެ ސަބަބުން މެސެޖްތައް ފޮނުވި ފަރާތަށް އެ މެސެޖްތައް ފެނުނުކަން ނޭނގި މެސެޖްތައް ކިޔާލެވޭނެ އެވެ. އާ ފީޗާއަކީ އިންސްޓަގްރާމް ބޭނުންކުރާ ގިނަ ބަޔަކު ބޭނުންވެފައިތިބި ބަދަލަކަށް ވާނެ ކަމަށް ބެލެވޭއިރު، މި ފީޗާގެ ސަބަބުން އެ މީހުންގެ ޕްރައިވެސީގެ މައްޗަށް އިތުރު ކޮންޓްރޯލެއް ލިބިގެންދާނެ އެވެ.
"ތިބާއަކީ މީހުން ފޮނުވާ މެސެޖު ކިޔާފައި ޖަވާބުނުދީ ދޫކޮށްލާ މީހެއް ކަމުގައިވާނަމަ މިއީ ތިބާއަށް އުފާވެރި ޚަބަރެއް. އިންސްޓަގްރާމްގެ ޑީއެމްތަކުގައި ރީޑް ރިސިޕްޓް ޑިސްއޭބަލް ކުރުމުގެ ގާބިލުކަން އެކްސްޕެރިމެންޓް ކުރަމުން މިދަނީ،" ޒަކަބާގް ވިދާޅުވި އެވެ.
ޒަކަބާގުގެ އިތުރުން އިންސްޓާގެ ހެޑް އެޑަމް މޮސެރީ ވިދާޅުވިގޮތުގައި މެސެޖުތައް ކިޔާފައިވާކަން އެހެން މީހުންނަށް ފެންނާނެ އިރެއް ކަނޑައެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
އިންސްޓަގްރާމްގެ ޑީއެމްތަކުން ރީޑް ރިސިޕްޓް ޑިސްއޭބަލް ކުރުމުގެ އާ ފީޗާ މިހާރު ޓެސްޓު ކުރަމުން އަންނަ އިރު، މި ފީޗާ އަދި ހުރިހާ ކަސްޓަމަރުންނަށް ނުލިބޭނެއެވެ. އަދި މިފީޗާ ހުރިހާ ޔޫސާއިންނަށް އެއްކޮށް ރޯލްއައުޓް ކުރުމާ ގުޅޭ ވަކި ތަފްސީލެއް މެޓާ މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ގިނަ ބަޔަކަށް މިފީޗާ ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މިބަދަލު ކުރިއަށް އޮތްތަނުގައި މެސެންޖާއަށް ވެސް ތައާރަފް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މެސެންޖާރގައި ރީޑް ރިސިޕްޓް ޑިސްއެބަލް ކުރުމުގެފީޗާއެއް ތައާރަފްކޮށްފައެއް ނުވެއެވެ.
އާ ރީޑް ރިސިޕްޓް ފީޗާގެ އިތުރުން އިންސްޓަގްރާމުން އަންނަނީ އިތުރު އެހެންފީޗާސްތަކެއް ވެސް ތައްޔާރު ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ އިންޓަވިއުއެއްގައި އިއުލާނުކުރި ފަދައިން އެ ޕްލެޓްފޯމުން އަންނަނީ ރައްޓެހިންގެ ޕޯސްޓުތަކަށް ފޮޓޯ އާއި ވީޑިއޯ ކޮންޓްރިބިއުޓް ކުރެވޭނެ ފީޗާއެއް ޓެސްޓް ކުރަމުންނެވެ. ޕޯސްޓެއްގެ ތިރީ ވާތް ފަރާތުގައި "އެޑް ޓު ޕޯސްޓް" ބަޓަނެއް ފެންނަން ހުރުމުން ޕޯސްޓަށް މީޑިއާ އެޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ޕޯސްޓް ކުރި އަސްލު ޕޯސްޓުގެ ވެރިފަރާތުން އެ ޕޯސްޓުތަކުގެ ކޮންޓްރޯލް ދަމަހައްޓާނެ އެވެ.
މީގެ އިތުރުން އެހެން ޔޫޒާއިންގެ ޕޯސްޓުތަކަށް ފޮޓޯ ނުވަތަ ވީޑިއޯ އެޑް ކުރުމުގެ ފީޗާ މިހާރު ޓެސްޓު ކުރަމުން އަންނަ އިރު، މި ފީޗާ ވަރަށް އަވަހަށް ހުރިހާ ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށް ބެލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު