އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއިން ހިންގާ "ތަރަހުމް ފޯރ ޣައްޒާ" ކެމްޕެއިންގެ ދަށުން ޣައްޒާއަށް 25 ޓަނުގެ އެހީގެ ސާމާން ފޯރުކޮށްދީފިއެވެ.

ޣައްޒާއަށް ގެންދިއުމަށްޓަކައި ޔޫއޭއީއިން ވަނީ ކާނާއާއި ބޭސް ފަރުވާގެ ސާމާން މިސްރުގެ އަލް އަރިޝް ސިޓީއަށް ވައިގެ މަގުން އެތެރެކޮށްދީފައެވެ.





ތަރަހުމް ފޯރ ޣައްޒާ ކެމްޕެއިން ހިންގަމުންދަނީ ވޯލްޑް ފުޑް ޕްރޮގްރާމްއާއި ޔޫއޭއީގެ މިނިސްޓްރީ އޮފް ކޮމިއުނިޓީ ޑިވެލޮޕްމަންޓާއި އެމިރޭޓްސް ރެޑް ކްރެސެންޓް އޮތޯރިޓީއާއި ޔޫއޭއީގެ ވަރަށް ބައިވަރު ޕްރައިވެޓް ކުންފުނިތަކާއި ވޮލަންޓިއަރުންނާއި މީޑިއާތައް ގުޅިގެންނެވެ. މި ކެމްޕެއިން ވަކިން ޚާއްސަކޮށް އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގައި ތިބި ކުޑަކުދިންނާއި އަންހެނުންނަށެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަަމަލާތަކުގައި މިހާތަނަށް 10،500 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން