ޓެސްޓޯސްޓެރޯންއަކީ ފިރިހެން ހޯމޯންއެކެވެ. ވަކި ބަައްޔެއް ނެތި ޓެސްޓޯސްޓެރޯން މަދުވާ ޙާލަތެއްގައި ފިރިހެނުންގެ ޖިންސީ އެދުންވެރިކަމަށާއި ފިރިހެނުންގެ ދަރިފަނި އުފައްދާ ނިޒާމްގެ ބާރު ކުޑަވުމަށް މެދުވެރިވެއެވެ.

ޓެސްޓޮސްޓެރޯންގެ މިންވަރު ހުރިހާ ވަގުތެއްގައި އެއްގޮތަކަށް ނުހުންނާނެއެވެ. އުމުރާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ފަދަ ގިނަ ކަންތައްތަކުގެ ސަބަބުން ތަފާތުވެއެވެ. ރަނގަޅު ބާވަތެއްގެ ކާނާއާއި ދުޅަހެޔޮ އާދަކާދަތަކުން ޓެސްޓޮސްޓެރޯން އިތުރުކުރެވޭނެއެވެ.

ހަމަހުރެފައި ޓެސްޓޮސްޓެރޯން މަދުވާ މައްސަލައަށް ކަސްރަތާއި ޑޮކްޓަރީ ފަރުވާ ހޯދުމުގެ އިތުރުން ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ ރަނގަޅު ޚިޔާލެކެވެ. މި ލިޔުމުގައި މި ހިމަނާލަނީ ހަށިގަނޑުގައި މި ހޯރމޯން ރެގިއުލޭޓް ކުރުމަށް ބޭނުންކުރާ ގުދުރަތީ އެހެން ބައެއް ގޮތްތަކުގެ އިތުރުން ޓެސްޓޮސްޓެރޯން އިތުރުކޮށްދޭ އެންމެ ފައިދާހުރި ބައެއް ކާނާތަކުގެ ތަފްސީލީ ލިސްޓެކެވެ.

މި ހޯމޯން އިތުރުކުރުމަށް ބައެއް މީހުން އެކި އެކި ބޭސްތައް ބޭނުންކުރެއެވެ. އެހެން ނަަމަވެސް، ބާޒާރުގައި ހުންނަ ގޮތްނޭނގޭ ބޭސްތައް ބޭނުންކުރުމަށްވުރެ ޑޮކްޓަރެއްގެ ލަފާ ހޯދުން މާ ބުއްދިވެރިއެވެ.

ތިރީގައި މިވާ ކާނާތަކަކީ ފިރިހެނުންގެ ސިއްހަތަށް ފައިދާ ހުރި ކާނާތަކެކެވެ.

* އަންނާރު

ޓެސްޓެސްޓެރޯން އިތުރުކުރުމަށް އަންނާރަކީ ރަނގަޅު އެއްޗެއްގެ ގޮތުގައި ބެލެވެނީ އެންޓިއޮކްސިޑެންޓްސް، ޕޮޓޭސިއަމް، ވިޓަމިން ސީ، އަދި އެހެނިހެން ބައެއް މާއްދާތައް އެކުލެވޭތީއެވެ. މި ހުރިހާ މާއްދާތަކުން ލޭހޮޅިތަކުގައި ޓެސްޓެސްޓެރޯން ދައުރުވުން އިތުރުކޮށްދެއެވެ. އަދި މި މޭވާ ޤަވާއިދުން ބޭނުންކުރުމަކީ ދަރިމައިވުމުގެ ބާރު ރަނގަޅުވެ، ރީޕްރޮޑަކްޓިވް ސިއްހަތު އިތުރުކޮށްދޭ ކަމެއް ކަމަށް ވެސް ދިރާސާއަކުން ދައްކައެވެ.

* އިނގުރު

ވިޓަމިން ސީ، އެންޓިއޮކްސިޑެންޓްސް، ޒިންކް، އަދި ވިޓަމިން އީ އިން ފުރިފައިވާ އިނގުރަކީ ގަދީމީ ޒަމާނުއްސުރެ ޓެސްޓޯސްޓެރޯން މަދުވުމަށް ފަރުވާ ކުރަން ބޭނުންކުރާ އެެއްޗެކެވެ. ޓެސްޓެސްޓެރޯން މަދުވުމުގެ ފަރުވާއާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އިނގުރަކީ އެ ހޯރމޯން އުފެއްދުމާ ސީދާ ގުޅުމެއް އޮންނަ އެއްޗެއްކަން ވަނީ ފާހަގަކުރެވިފައެވެ. އެކަށީގެންވާ މިންވަރަށް އިނގުރު ބޭނުންކުރުމުން ޕިޓޫއިޓަރީ ގްލޭންޑް އިން ލޫޓީނައިޒިންގ ހޯރމޯން (އެލްއެޗް) ހަށިގަނޑަށް ދޫކުރެއެވެ. މިއީ ޓެސްޓިސް މަސްގަނޑުގައި ޓިޝޫ އުފެދުން ވަރުގަދަކޮށް ޓެސްޓޯސްޓެރޯން އުފެއްދުމަށް މަގުފަހިކޮށްދީ، ސްޕަރމް ކައުންޓް އިތުރުކޮށްދޭ އެއްޗެކެވެ.

* އޮއިސްޓަރ

އޮއިސްޓަރއަކީ ޒިންކުން މުއްސަނދި އެއްޗެކެވެ. ޒިންކް އަކީ ސްޕަރމް ކޮލިޓީ އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ މިއީ ފިރިހެނުންގެ ދަރިމައިވުމުގެ ސިއްހަތަށްވެސް ރަނގަޅު އެއްޗެކެވެ. އަދި ސެކްސް ހޯރމޯން ބައިންޑިންގ ގްލޯބިއުލިން (SHBG) އުފެއްދުން ހުއްޓުވުމަށް އެހީތެރިވެދިނުމުގެ އިތުރަށް ފްރީ ޓެސްޓޮސްޓެރޯން، އަންހެން ހޯމޯން އެސްޓްރޮޖެންއަށް ބަދަލުވުމުން ހުއްޓުވައެވެ.

* ޒައިތޫނި ތެޔޮ

ދިރާސާއަކުން ދައްކާ ގޮތުގައި ޒައިތޫނި ތެލުގެ އެންމެ ސާފު ވައްތަރަކީ ނުވަތަ ޕިއޯ އޮލިވްއޮއިލްއަކީ ލެޔާއި ޓެސްޓިކިއުލާ ސެލްތަކުން ވިހަ މާއްދާތައް ނައްތާލުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި ގުދުރަތީ ގޮތުން ސީރަމް ޓެސްޓޮސްޓެރޯން އިތުރު ކުރުމަށް އެހީތެރިވެދޭ އެއްޗެއްވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން