ދީނުގައި އެންމެ މަތިވެރި ޝަރަފާއި އިއްޒަތް ހޯއްދެވި ފިރިހެން ބޭކަލުންގެ ނަންފުޅުތައް ވަރަށް ގިނަ ބަޔަކަށް އެނގޭނެއެވެ. އެއީ އެބޭކަލުން އިސްލާމްދީނަށް ގޮވާލެއްވުމުގައްޔާ އަދި އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ދެއްކެވި ހިއްވަރާއި ސާބިތުކަމަށްޓަކައެވެ. އަދި އިސްލާމްދީން ހިމާޔަތްކުރުމުގެ ގޮތުން، ހަނގުރާމައިގެ މައިދާނުގައި އެބޭކަލުންނަށް ކުރިމަތިކުރުވި އެކިބާވަތުގެ ދުއްތުރާތަކާއި އަނިޔާއާއި ގޮންޖެހުންތަކާއެކުވެސް ދެއްކެވި ސާބިތުކަމަކީ އަޅުގަނޑުމެން ކުޑައިރުއްސުރެން ފެށިގެން އަޑުއިވޭ ޢިބްރަތުން ފުރިގެންވާ ވާހަކަތަކަކަށްވާތީއެވެ.
ހަމަމިގޮތަށް، ފިރިހެންބޭކަލުންނާއި އެއްފަދައި އިސްލާމްދީނުގައި ސާބިތުވެލެއްވި މާތް އަންހެން ސާހިބުންވެސް ފާހަގަކޮށް ދީނުގެ އަންހެން ކަތުންނަށް ޢިބުރަތް ހާސިލް ކުރުމަށް އެބޭބޭކަނބަލުންނާއި ބެހޭގޮތުން މައުލޫމާތު ހޯދުމަކީވެސް މުހިންމުކަމެކެވެ.
މިލިޔުމުގައި މިގެނެސްދެނީ އިސްލާމްދީނުގައި ނަން ވިދާލި 07 ބޭކަނބަލުންގެ މައުލޫމާތެވެ.
1. ޚަދީޖާ ރަޟިޔަ ﷲ އަންޙާ:
މިއީ މިއުންމަތުގެ ނަބިއްޔާގެ ފުރަތަމަ އަނބިކަނބަލުންނެވެ. އަދި މިއީ ސުވަރުގޭގެ މަތިވެރި ނިއުމަތުގެ ޚަބަރު ދުނިޔޭގައި ހުންނަވަނިކޮށް ލިބިލެއްވި ސާހިބެއްވެސްމެއެވެ. އެކަމަނާއަކީ އިސްލާމްދީން އެންމެ ފުރަތަމަ ޤަބޫލުކުރެއްވި ސާހިބާއެވެ. އަދި މިއީ އެޒަމާނުގެ ވަރުގަދަ ވިޔަފާރިވެރި ކަނބަލެއްވެސްމެއެވެ.
2. މަރިޔަމް އަލައިހިއްސަލާމް
މަރިޔަމްގެފާނަކީ ޤުރުއާނުގައި އެކަނބަލެއްގެ ނަންފުޅުން ނަންދެވިފައިވާ ސޫރަތެއް ޤުރުއާނުގައި މާތް ﷲ ހިމަނުއްވަވާފައިވާ މާތް ސާހިބާއެކެވެ. އެކަމަނާއަކީ މިދުނިޔެ މައްޗަށް އުފަންވި އަންހެނުންގެ ތެރެއިން އެންމެ ޠާހިރު ކަމަނާއެވެ. އަދި އެކަމަނާއަށްވަނީ ފިރިހެނެއްގެ ބީހުމަކާއި ނުލައި ﷲ ގެ ކަށަކުޅަދުންވަންތަކަމުން، ޤުދުރަތްތެރިކަމުގެ ތެރެއިން ދަރިކަލަކު (ޢީސާ އަލައިހިއްސަލާމް) ދެއްވާފައެވެ. މިކަމަނާއަކީ މިސްކިތުގައި އަބަދުމެ އަޅުކަމުގައި ސާބިތުވެ ދެމި ހުންނެވި މާތް ބޭކަނބަލެކެވެ.
3. ޢާއިޝާ ރަޟިޔަ ﷲ އަންޙާ:
ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ހަނގު އަނބިކަނބަލަކީ މިކަމަނާއެވެ. އަދި މިއީ ދީނުގެ އިލްމުތަކުގައި ކުރިއަރައި ގޮސްފައިވާ ކަނބަލެކެވެ. މިކަމަނާއަކީ ހަދީޡް ޢިލްމުގެ އެދުރެކެވެ. އަދި މިކަމަނާއަކީ ޤުރުއާނުގެ އިލްމުގައިވެސް ވަރަށް ބޮޑަށް ކުރިއަރައިގެންގޮސްފައިވާ ޞަހާބިއްޔަ ބޭކަނބަލެކެވެ.
4. ޢާސިޔާ ރަޟިޔަ ﷲ އަންޙާ:
ޢާސިޔަތުގެފާނަކީ މޫސާ އަލައިހިއްސަލާމް އެކަމަނާގެ އަތްޕުޅުމަތީގައި ބޮޑު ކުރެއްވި ކަމަނާއެވެ. އަދި ޖާހިލުކަމާއި ނުބައިކަމުން ފުރިގެންވާ ފިރުއައުނުގެ އަނބިކަނމަނާއެވެ. އެކަމަނާވަނީ ދުނިޔޭގެ އުފަލާއި އަރާމާއި މުދާވެރިކަން ދޫކޮށް އިސްލާމްދީނުގައި ޡާބިތުކަން ދައްކަވައި ފިރުއައުނުގެ އަނިޔާތަކުގައި އިސްލާމްދީނުގެ އަޤީދާ މަތީގައި ޝަހީދުވެވަޑައިގެންނެވި ކަނބަލެވެ.
5. ސުމައްޔާ ރަޟިޔަ ﷲ އަންޙާ:
އުއްމު ޢަންމާރު ނުވަތަ ސުމައްޔާއަކީ މިއުންމަތުގެ މުސްލިމުންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުންގެ ދަރަޖަ ލިބިވަޑައިގެންނެވި ސާހިބާއެވެ. އެކަމަނާއަކީ ރަސޫލާގެ ޢާއިލީ ބޭފުޅުން ފިޔަވައި ބޭރު ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުފުޅު ކުރެއްވި ކަމަނާއެވެ.
6. އުއްމު ސުލައިމް:
މިކަމަނާއަކީ އިސްލާމްދީނުގެ ތާރީޚު ދުށް އެންމެ އާދަޔާ ޚިލާފު ހިއްވަރެއް ދެއްކެވި އަދި ހަނގުރާމައިގެ މައިދާނުގައި މާބަނޑުވެ އިންނަވައި ސާބިތުކަން ދެއްކެވި ކަމާނެއެވެ.
7. ފާޠިމަތު ރަޟިޔަ ﷲ އަންޙާ:
ފާޠިމާ ބިންތި މުޙައްމަދު އަކީ ކީރިތި ނަބިއްޔާގެ އެންމެ ހަގު އަންހެން ކަނބަލެވެ. އަދި މިއީ ސުވަރުގޭގެ އަންހެންތަކުންގެ ރާނީއެވެ. މިކަމަނާއަކީ ކިޔަމަންތެރި އަންބެކެވެ. އޯގާތެރި މަންމައެކެވެ. އަދި މިކަމަނާއަކީ ހަނގުރާމައިގެ މައިދާނުގައި ޒަޚަމުވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭކަނބަލެކެވެ. މިއީ އުއްމަތުގެ އަންހެނުންނަށް ހުރި އެންމެ ފުރިހަމަ ނަމޫނާ ސާހިބާވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު