ރާޔާ ރިޟާ   20 ނޮވެމްބަރު 2023 - 14:1
ރެއާލް މެޑްރިޑްގެ ފޯވާޑް ވިނިޝިއަސް ޖޫނިއަރގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރެއާލްއިން މިކަން އިއުލާންކުރީ ހޮނިހިރު ދުވަހުއެވެ. އުމުރުން 23 އަހަރުގެ ވިނިޝިއަސްގެ ފަޔަށް އަނިޔާވީ ބުރާސްފަތި ދުވަހު ބްރެޒިލްއާއި ކޮލަމްބިއާއި ބައްދަލުކުރި ވޯލްޑް ކަޕް ކޮލިފައިންގ މެޗްގައެވެ. ރިޕޯޓްތައް ބުނާގޮތުގައި ވިނިޝިއަސްއަށް ފަރިތަކުރުންތަކުގައި އަލުން ބައިވެރިވެވޭނީ 10 ހަފްތާ ފަހުންނެވެ.

މި ސީޒަންގައި ރެއާލްއަށް 6 ގޯލް ޖަހައި 4 ގޯލް ޖެހުމުގައި އެހީތެރިވެދީފައިވާ ވިނިޝިއަސް ބުނީ "އޭނާ އެނބުރި އަންނާނީ މާ ވަރުގަދަކޮށް" ކަމަށެވެ.

މި ސީޒަންގައި ރެއާލްގެ ވަރަށް ގިނަ ކުޅުންތެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބިފަވެއެވެ. މި ސީޒަންގައި އަނިޔާ ލިބުނު މީހުންގެ ތެރޭގައި އެޑުއާޑޯ ކަމަވިންގާ، އަރްދާ ގުލާ، ތިބޯ ކޯރްތުވާ، އެޑެރް މިލިޓައޯ އަދި ޖޫޑް ބެލިންގްހަމް ހިމެނެއެވެ.

އަނިޔާގައި ގިނަ ކުޅުންތެރިން ތިބި ރެއާލް މިވަގުތު އޮތީ ލަލީގާ ތާވަލްގެ 2 ވަނައިގައެވެ. އެއީ އެއް ވަނައިގައި އޮތް ޖިރޯނާއާއި 2 ޕޮއިންޓްގެ ތަފާތަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން