އެކަނީވެރިކަމަކީ މިއަދު ދުނިޔޭގެ ޞިއްހަތަށް އޮތް ނުރައްކަލެއްކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅައިފިއެވެ. މިގޮތުން މިޖަމިއްޔާއިން ހާމަކުރާގިތުގައި އެކަނިވެރިކަމުގެ ގެއްލުން ދުވާލަކު 5 ސިގިރޭޓު ބުއިމާއި އެއްވަރެވެ.

އެކަނިވެރިކަމާއި ގުޅިގެން ދުނިޔޭގެ ޞިއްޙަތަށް ހުރި ގެއްލުންތަކުގެ މައުލޫމާތުދީ އެކަމަށް ހޭލުންތެރިކަން އިތުރުކޮށްދީ ހައްލު ހޯދުމުގެ މަގުޞަދުގައި ޑަބްލިއު އެޗް އޯއިން މިހާރުވަނީ 3 އަހަރަށް ދެމިގެންދާނެ ކޮމިޝަނެއް އެކުލަވާލާފައެވެ. މިކޮމިޝަނުގައި އިސްކޮށް ހަރަކާތްތެރިވާނީ އެމެރިކާގެ ޖެނަރަލް ސާޖަން ޑޮކްޓަރ ވިވެކް މާރތީއާއި އެފްރިކަން ޔޫނިއަން ޔޫތު އެންވޮއީގެ ޗީޑޯ މެންބާއެވެ. މި ކޮމިޝަނުގައި ގިނަ ސަރުކާރުތަކެއްގެ އިސްވެރިން ހިމެނޭހެން 11 މެންބަރުން ވަނީ ހިމަނާފައެވެ.

ކޮވިޑް 19 އަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކަށް މީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅިގެން އިޤްތިޞާދީ އަދި އިޖުތިމާއީ ހަރަކާތްތައް އަދިވެސް މިވަނީ ކުރީގައި އޮތް ހާލަތަށް ނުގެނެވިއެވެ. އަދި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުގެ ސަބަބުންވެސް މީހުންނާއި ގުޅުން ކުޑަވެ މާޔޫސްކަން ވެރިވެފައިވާ އެކަނިވެރި ދިރިއުޅުމަކަށް ގިނަބައެއްގެ ދިރިއުޅުން މިވަނީ ބަދަލުވެފައެވެ.

އެކަނިވެރިކަމުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް އެކަންޏެއް ނޫނެވެ. ޒުވާން އުމުރުގެ މީހުންނަށްވެސް މިކަމުގެ ގެއްލުންތައް ލިބި ދިރިއުޅުމުގެ ހާލަތަށް ގެއްލުންވެއެވެ. ބޮޑެތި މީހުންނަށް މިކަމުގެ ސަބަބުން ހަނދާންނެތޭ ބަލިޖެހުމުގެ ފުރުޞަތު 50 އިންސައްތަ އަށް އިތުރުވެގެންދާއިރު ހިތުގެ ބަލިތަކުގެ ރިސްކުވެސް 30 އިންސައްތަ އަށް އިތުރުވާކަމުގައި ޑަވިޔުއެޗްއޯއިން ބުނެއެވެ. އަދި ފުރާވަރުގެ ކުދިންގެ 5 އިންސައްތައާއި 15 އިންސައްތަ ކުދިންނަށްވެސް އެކަނިވެރިކަމުގެ ހިތްދަތިކަމުގައި އުޅެންޖެހޭކަމަށް އެޖަމީއްޔާއިން ހާމަކުރެއެވެ.

ކުޑަކުދިންގެ ކިބައިން އެކަނިވެރިކަން ފެންނަމަ އެކުދިންގެ ޞިއްޙަތުގެ އިތުރުން ކިޔެވުމާއި އެކުދިންގެ މުސްތަޤުބަލަށްވެސް އަސަރުކުރެއެވެ. ދުނިޔޭގައި ގިނަ ގައުމުތަކުގައި ނުކިޔެވިގެން ސްކޫލުން ކެނޑެންދިމާވާ ގިނަކުދީންތަކަކީ މިދަންނަވާ އެކަނިވެރިކަމާއި މަޔޫސްކަންމަތީ ދިރިއުޅެމުންދާ ކުދީންނެވެ. އަދި މުސްތަޤުބަލުގައި މިފަދަކުދިން ވަޒީފާތަކަށް ދިއުމުންވެސް މީހުންނާއި ގުޅިގެން އުޅެން ނޭނގި ވަޒީފާގެ މާހައުލުގައިވެސް ހިތްހަމަޖެހުމެއް ނުލިބޭކަމުގައިވެސް އެ ޖަމިއްޔާއިން ފާހަގަކުރެވެ.

އެކަނިވެރިކަން ދުނިޔެއިން ނައްތާލުމަށްޓަކައި ހެދިފައިވާ ޑަބްލިއު އެޗްއޯގެ ކޮމިޝަނުން މަސައްކަތް ކުރާނީ ދުނިޔޭގެ ޞިއްޙަތަށް އަސަރުކުރަމުންދާ އެކަނިވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި އެކަމަށް އެކި ކަންކޮޅުތަކުގައި ބޭނުންކުރެވޭނެ އުކުޅުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން