ފޮޓޯ: އެކްސް ކޯޑް ލައިފް
ފޮޓޯ: އެކްސް ކޯޑް ލައިފް
ތެދެކެވެ. އެކިމީހުންނަށް ކުޅިރަހަ ބަރުދާސްތު ކުރެވޭނީ އެކިވަރަށެވެ. އެއީ މީހާގެ ހިތްވަރު ގަދަކަމާއި ހިތްވަރު ދެރަކަމަކާއި ގުޅުމެއް އޮންނަ ކަމެއް ނޫނެވެ. މިގޮތުން ސްޕައިސް ޓޮލަރެންސްއަކީ ޖެނެޓިކްސް ނުވަތަ އިންސާނާ އުފެދުމުގައި ހުންނަ ސިފައެއްކަމަށް ގަބޫލުކުރާ ގިނަ ބަޔަކު އުޅޭއިރު، އަމިއްލައަށް މަސައްކަތްކޮށްގެން ކުޅިރަހަ ބަރުދާސްތުކުރެވޭ މިންވަރު އިތުރުކުރެވިދާނެކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. ސައިންސާއި ދިރާސާއިން މި ދެކަމަށްވެސް ހެކިދެޔެވެ.

ހޫނު އެއްޗެއް ބުއިމުން އަނގައިގެ ތެރޭގައި ހުންނަ ނާވް އެންޑިންގްތައް އެކްޓިވޭޓްވެ، އެއީ ހޫނު އެއްޗެއް ކަމަށާއި، ފިހިދާނެކަމަށް ސިކުނޑިއަށް މެސެޖު ފޮނުވައެވެ. ކުޅިތަކެތި ކާއިރުވެސް ވަނީ މިކަހަލަ ގޮތެކެވެ. މިރުހެއް ހަފާލުމުން، އޭގައި ހުންނަ ކެމިކަލެއްކަމަށްވާ "ކެޕްސެއިސިނޮއިޑްސް" އަނގާގައި ޖެހުމުން ހަމަ ހޫނު އެއްޗެއް ބުއިމުން އެކްޓިވޭޓްވާ ނާވް އެންޑިންގްތައް އެކްޓިވޭޓްވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މިރުހުގައި ހުންނަ ކެޕްސެއިސިނޮއިޑްސް އަހަރެމެންގެ ސިކުނޑިއަށް އޮޅުވާލައެވެ. ހޫނު އެއްޗެއްގެ ސަބަބުން ފިހުމުގެ ނުރައްކަލެއް ނެތްނަމަވެސް ކުރުވަނީ ދޫފިހޭކަމުގެ އިހުސާސެކެވެ.

އަހަރެމެންނަށް ކުޅި ބަރުދާސްތުކުރެވޭ މިންވަރު ބަރޯސާވަނީ "ޓީއާރްޕީވީ1" ނަމަކަށް ކިޔާ ޖީންއެއްގެ މައްޗަށެވެ. އެގޮތުން، އެކި މީހުންގެ އުފެދުމުގައި މި ޖީން އެކުލެވޭގޮތް ތަފާތުވުމާއެކު، އެކި މީހުން ކުޅިރަހަ ބަލައިގަންނަ ގޮތް ތަފާތުވެގެންދެއެވެ. ބައެއް މީހުންގެ ޓީއާރްޕީވީ1 ޖީންގެ ސަބަބުން އެމީހުން ކެޕްސެއިސިން އަށް މާ ސެންސިޓިވްވެއެވެ. އަނެއްބައިމީހުންގެ ޓީއާރްޕީވީ1 ޖީންގެ ސަބަބުން އެމީހުންނަށް ކުޅިރަހަ ބަރުދާސްތުވާ މިންވަރު ބޮޑެވެ.

އެމެރިކާގެ ޔުނިވާސިޓީ އިފް މަސަޗޫސެޓްސް އެމްހާސްޓްގައި މަސައްކަތްކުރައްވާ ކާނާގެ ސައިންސާއިބެހޭ މާހިރެއް ކަމަށްވާ އެލިސާ ނޮލްޑެން ބުނެފައިވާގޮތުގައި، ކެޕްސެއިސިން އަކީ ކެޕްސެއިސިނޮއިޑްސްގެ ތެރޭގައި އެންމެ ގިނަ ވައްތަރެވެ. އަދި އޭނާ ކުރި ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ކުޅި ތަކެތި ކާއިރު، ކުޅި ރަހަ ފިލުވުމަށް އެންމެ މޮޅީ ކިރު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނޮލްޑެން ކިޔައިދީފައިވާގޮތުގައި ހުރިހާ ކުޅިތަކެތި އެއްވަރެއް ނުވާނެއެވެ. އެގޮތުން، ހަލަޕީނިއޯއާއި ކެޔެން މިރުހުގައި ކެޕްސެއިސިން އެކުލެވޭ ނަމަވެސް، ވަސާބީއާއި އަސޭމިރުހުގައި އެކުލެވޭ ކުޅިކަމަކީ ތަފާތު ކެމިކަލްތަކަކުން ގެނުވާ ކުޅިރަހައެކެވެ. އަދި އެ މާއްދާތަކުން އަސަރުކުރާނީ އަނގައިގެ އެކި ނާވް އެންޑިންގްތަކަށް އެކި ގޮތްގޮތަށެވެ.

ތަފާތު ކާނާތަކުގައި ކުޅި ހުންނަ މިންގަނޑު ބެލުމަށް "ސްކޮލްވިލް ސްކޭލް" ނަމަކަށް ކިޔާ މިންގަނޑެއް ތައާރަފްކުރީ 1912 ވަނަ އަހަރުގައެވެ. އެގޮތުން، ސެލެޑަކަށްލާ ބެލްޕެޕަރގެ ސްކޯރ 0 އާއި ގާތްކުރާއިރު، އެންމެ ކުޅި "ކެރޮލީނާ ރީޕާ" ގެ ސްކޯރ އުޅެނީ 1.6 މިލިއަނަށްވުރެ މަތީގައެވެ.

ކުޅިރަހަ ބަރުދާސްތުވުމަކީ އިންސާނާ އުފެދުމުގައި ހުންނަ ސިފައެއްކަމަށް ގަބޫލުކުރާ ފަރާތްތަކުން އޭނާއަށް ބަރުދާސްތުވާ މިންވަރު ބަދަލުކުރަން މަސައްކަތެއް ނުކުރާނެތާއެވެ. ނަމަވެސް ފަހަރުގައިވެސް، ތިމާއަށް ކުޅި ބަރުދާސްތުވާ މިންވަރު ބަދަލު ކުރެވޭތޯ ބަލާލުމަކުން ގޯހެއްނެތެވެ.

މިގޮތުން، ކުޅިރަހަ ބަރުދާސްތުވާ މިންވަރު ބަދަލުކުރެވޭނެ ކަމަށް ގަބޫލުކުރާ މީހުން ބުނަނީ ގިނަގިނައި ކުޅި ތަކެތި ކެއުމުން މަޑުމަޑުން އެރަހައަށް ހޭނޭނެކަމަށެވެ. ވީމާ، ފަށަންވާނީ ސްކޮލްވިލް ސްކޭލްގެ އެންމެ ދަށުން ސްކޯރ ލިބިފައިވާ ކާނާ ގިނަގިނައިން ކެއުމުގެ ތެރޭގައި ހިމަނައިގެންނެވެ. އެއަށް ހޭނެން ފެށުމުން، ދެން އެއަށްވުރެ މަތިން ސްކޯރ ލިބިފައިވާ ކާނާ ކެޔުމަށް އިތުރުކުރާނީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން