ޓެރިބަލް ޓޫސް ނުވަތަ ދިވެހީން ދަންނަ ގޮތުންނަމަ ކުޑަކުދީން ރުޅިވެ ބޮޑާހޭކުމަކީ އެކުދީން ރަނގަޅަށް ހެދިބޮޑުވަމުން އަންނަނަމަ ފެންނަން ޖެހޭ އަލާމާތެއްކަމަށް ކުޑަކުދީންގެ ބިހޭވިއަރ އެނަލައިޒްކުރާ ފަރާތްތަކުން ބުނެއެވެ.
މިގޮތުން، ކުޑަކުދީން ދައްކާ "ޓޭންޓްރަމް"ތަކަކީ، ކުޑަ ވަގުތުކޮޅަކަށް ރުޅިއައިސް، "ކަމަކުން ކަމަކާނުލައި" ވެސް އަދި "ތާކުންތާކުނުޖެހޭ" ކަންކަމުގައި ރުއިމާއި، ހަޅޭއްލެވުމާއި، އަޑުގަދަކުރުމަކީ، އެކުދީން ހެދިބޮޑުވުމުގައި ވަރަށް އާންމުކަމެކެވެ. ޓޭންޓްރަމްތަކަކީ ކުއްޖާގެ ހިތުގައި ޖެހިއްޖެކަން ނުވަތަ ބޭނުންވާކަމެއް ނުވުމުން ހިތްހަމަނުޖެހޭކަން އަންގައިދިނުމުގެ ގޮތުން ކުއްޖާ ދައްކާ ކަމަކަށްވާއިރު، އެކުއްޖާއަށް އެ އިޙްސާސްތައް ހެޔޮގޮތުގައި ބޭރުކުރާނެ ގޮތްތައް ދަސްކޮށްދިނުމަކީ ބެލެނިވެރީންގެ ޒިންމާއެކެވެ.
ޓެރިބަލް ޓޫސްގެ އަލާމާތްތައް ފެންނަން ފަށަނީ ކުއްޖާގެ އުމުރުން 18 މަހާއި 3 އަހަރާއި ދެމެދުގައިކަމަށް ނޭޝަނަލް ހެލްތް ސާވިސަސް (އެންއެޗްއެސް) އިން ބުނެއެވެ. އަދި މިއީ ވަކި ޖިންސެއްގެ ކުދީންގެ ފަރާތުން ފެންނަކަމެއް ނޫންކަމަށާއި، ވަކި ޖިއްސެއްގެ ފަރާތުން މަދުން ނުވަތަ ގިނައިންވެސް ފެންނަ ކަމެއް ނޫންކަމަށް އެންއެޗްއެސްއިން ބުނެއެވެ. ބައެއް ކުދީންގެ ފަރާތުން ޓޭންޓްރަމްސް ފެންނަވަރު ގިނައެވެ. އަދި އަނެއްބައި ކުދީންގެ ކިބައިން މަދެވެ.
ޓެރިބަލް ޓޫސް އަކީ ސުންގަޑިއެއް އޮތް ކަމަކަށް ނުވާއިރު، ކުއްޖާގެ އުމުރުން ތިން އަހަރުވާއިރުވެސް ޓޭންޓްރަމްސް މަދުނުވެ ހިނގައިދާނެއެވެ. އާންމުގޮތެއްގައި ކުދީންގެ ކިބައިން ފެންނަ ޓެރިބަލް ޓޫސް ގެ އަލާމާތްތައް މަދުވާން ފަށަނީ އެކުދީން ވާހަކަދައްކައި ރަނގަޅަށް މުއާމަލާތު ކުރަން ފެށުމުންނެވެ. އަދި އުމުރުން ހަތަރު އަހަރު ފުރުމުން ކުއްޖާގެ ފަރާތުން ފެންނަ ޓޭންޓްރަމްސް އެތައް ގުނައެއް ދަށްވެގެންދާކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.
ޓޭންޓްރަމްސް ވުޖޫދުވަނީ ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް އަމިއްލައަށް ކަންކަން ކުރުމުގެ ޝައުގު އުފެދޭ ހިސާބުންނެވެ. އެގޮތުން، އަމިއްލައަށް ހެދުން އަޅައި، ކައި، ކިރުތަށި ތައްޔާރުކުރުމަކީ އެކުދީން ކުރަން ބޭނުންވެދާނެ ކަންކަމެވެ. އަދި އެކަންކަން ކުރުމަށް ހުރަސްއަޅާނަމަ ނުވަތަ މަނާކުރާނަމަ، އަދި އެކަމެއް ކުރުމުގައި ކުއްޖާއަށް ނާކާމިޔާބު ވެއްޖެނަމަވެސް ޓޭންޓްރަމްއެއް އަތުވެދާނެއެވެ. މީގެއިތުރުން، ވަރުބަލިވުމާއި، ބަނޑުހައިވުމާއި، އަޅާނުލާހެން ހީވާނަމަ އަދި ކަމަކާ ހާސްވާނަމަވެސް ކުއްޖާގެ ފަރާތުން ޓޭންޓްރަމްއެއް ފެނިދާނެއެވެ.
ކުއްޖާގެ ފަރާތުން ފެންނަ ޓޭންޓްރަމް ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ އެ ޓޭންޓްރަމް ވުޖޫދުވާން މެދުވެރިވީ ކޮން ސަބަބަކާއި ހުރެތޯ ދެނެގަންނަން ޖެހެއެވެ.
ވާހަކަ އޮޅުވާލައި، ކުއްޖާގެ ސަމާލުކަން އެހެން ކަމަކަށް އަނބުރައިލުމަކީ ޓޭންޓްރަމް ހުއްޓުވުމަށް ބޭނުންކުރެވިދާނެ އުކުޅެކެވެ. އެތެރޭގައި ހުރިނަމަ ގޮވައިގެން ބޭރަށް ނުކުމެލާށެވެ. ބޭރުގައި ހުރިނަމަ އެތެރެއަށް ވަދެލާށެވެ. އެހެންކަމެއްގައި ޝާމިލުކޮށް ބެލެނިވެރިޔާގެ މޫނުމަތިން ހައިރާންކަމާއި ޝައުގުވެރިކަން ދައްކައި ކުއްޖާއާއި އެކުގައި ކަމެއްގައި ބައިވެރިވެލާށެވެ.
ކަމަކާއި ހިތްހަމަނުޖެހިގެން ކުއްޖާގެ ފަރާތުން ފެންނަ ޓޭންޓްރަމްއެއްނަމަ ކުއްޖާ ގައިގާ ބައްދާލައި ހަމަޖައްސާލުމަށްފަހު މަޑުމައިތިރިކަމާއެކު އޮޅުން ފިލުވައިދޭށެވެ. އަދި ވިސްނައިދޭށެވެ. ފުރަތަމަ ފަހަރުން އެކަން ނުހުއްޓުވުނު ނަމަވެސް، މިގޮތަށް ތަކުރާރު ކުރާނަމަ ކުއްޖާ އެކަން ނަގައިގަންނާނެއެވެ. ދަސްކުރާނެއެވެ.
ޓޭންޓްރަމްގެ ޖަވާބުގައި ނޫނެކޭ ބުނި ކަމަކަށް އާއެކޭ ނުބުނާށެވެ. ކުއްޖާ ކަމެއް ބޭނުންވާ ކޮންމެ ފަހަރަކު ހަތިޔާރެއްގެ ގޮތުގައި ޓޭންޓްރަމްސް ބޭނުންކުރަން ފަށާފާނެއެވެ. އަދި ކުއްޖާގެ ޓޭންޓްރަމްގެ ޖަވާބުގައި ބެލެނިވެރިޔާވެސް ހާސްވެގެން ނުވާނެއެވެ. ހާސްވެފައި ހުރި މީހަކަށް ކުއްޖާ މަސަލަހެއް ނުކުރެވޭނެއެވެ. އަދި ބެލެނިވެރިޔާ ހަމަޖެހިގެން ހުރިނަމަ އެ އިޙްސާސްތައް ކުއްޖާ ނަގައިގަނެ، އަމިއްލައަށް ހަމަޖެހުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ.
ޓޭންޓްރަމްތައް މަދުކުރުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ އެންމެ ބޮޑުކަމަކީ ކުއްޖާގެ އިހްސާސްތައް ދެނެގަންނަން އެކުދީންނަށް ދަސްކޮށްދިނުމެވެ. މިގޮތުން، އިބްރަތްތެރި ވާހަކަތައް ކުއްޖާއަށް ކިޔައިދީގެން މިކަން ދަސްކޮށްދެވިދާނެއެވެ. އަދި ކުދީންގެ ސަމާލުކަން ނުގެއްލޭނެ ގޮތަށް ސުވާލުކޮށްގެން އެކުދީންނަށް އެކަންކަން ފަހުމްވޭތޯ ބެލިދާނެއެވެ. މީގެ އިތުރުން، ރަނގަޅު ކަމެއް ކުރުމުން ކުއްޖާއަށް ތައުރީފުކޮށް އެކަންކަން ފާހަގަކުރާށެވެ. އަދި ކުދިކުދި ކަންކަމުގެ މިނިވަންކަމާއި ކޮންޓްރޯލް ކުއްޖާއަށް ދޭށެވެ. މިސާލަކަށް އެދުވަހު ކާނެ މޭވާއެއް ނެގުމަށް ކުއްޖާއާއި ހަވާލުކުރެވިދާނެއެވެ. ނުވަތަ ލާނެ ހެދުމެއް ނެގުމަށް ހަވާލުކުރެވިދާނެއެވެ.
ހަމައެއާއިއެކު، ބެލެނިވެރީން ކުދީންނަށް ނޫނެކޭ ބުނާ ކަންކަން މަދުކޮށް ގިނަ ކަންކަމަށް އާނއެކޭ ބުނުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި ދުވަސް ރާވަންވާނީ ކުއްޖާގެ ބޭނުންތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ. މިގޮތުން، ވަރުބަލިވެފައި ހުރި ކުއްޖެއް ގޮވައިގެން ފިހާރައަށް ދިޔުމަށް ނުރާވާށެވެ. ބަނޑުހައިކަމާއި ވަރުބަލިކަމަކީ ޓޭންޓްރަމްސް އަށް މަގުފަހިކުރުވާ އެންމެ ބޮޑު ދެ ޓްރިގަރެވެ.

ކިޔުންތެރިންގެ ހިޔާލު