އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ސަރްދާރް ޕަޓޭލް ކޮވިޑް ކެއާ ސެންޓަރުގައި ކޯވިޑް-19 އަށް ފައްސިވެގެން އެޑްމިޓްކޮށްފައި އޮތް 14އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފިއެވެ.
މިދިޔަ ހަފުތާގައި ހިނގާދިޔަ މިހާދިސާގައި 14 އަހަރުގެ ކުއްޖާ ރޭޕްކޮށްފައިވަނީ އޭނާއާއެކު އެ ސެންޓަރުގައި އެޑްމިޓްކޮށްފައި ތިބި ދެ ފިރިހެނުންނެވެ. އަންހެން ކުއްޖާ ފާހަނާއަށް ދިޔަ ގަޑީގައި މިދެފިރިހެނުން ފަހަތުން ގޮސް ގަދަކަމުން އެކުއްޖާ ހިފަހައްޓައި ރޭޕްކޮށްލީއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެދެމީހުންގެތެރެއިން އެކަކު އަންހެން ކުއްޖާ ރޭޕް ކުރަމުންދިޔައިރު އަނެއް މީހާ ހުރީ މީހަކު އާދޭތޯބަލައި ފާރަވެރިވެ ވީޑިޔޯ ކުރާށެވެ.
މި އަންހެން ކުއްޖާވަނީ އެ ފެސިލިޓީ ބަލަހައްޓާ މީހަކަށް މިކަން ރިޕޯރޓް ކޮށްފައެވެ. ރިޕޯރޓްކުރުމުން މިހާރު އެދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ ހިނގުމުން އެއަންހެން ކުއްޖާވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ. އަދި މި ލާއިންސާނީ އަމަލު ހިންގި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށުން އެހެން ހޮސްޕިޓަލަކަށް މިހާރުވަނީ ބަދަލު ކޮށްފައެވެ.
އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ދެފިރިހެނުންނަކީވެސް ކޮވިޑް-19އަށް ފައްސިވެފައިވާ ދެމީހުންނެވެ.
މިއީ އިންޑިޔާގެ ވެރިކަންކުރާ ރަށުގައި މިފަދަ ހާދިސާއެއް ރިޕޯރޓްކުރި ފުރަތަމަ ފަހަރު ކަމުގައި ވީނަމަވެސް މިފަދަ ބައިވަރު ހާދިސާތައް އިންޑިޔާގެ އެކި ހިސާބުތަކުގެ ފެސިލިޓީތަކުން ރިޕޯރޓްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިވޭތުވެދިޔަ ބުދަ ދުވަހު އިންޑިޔާގެ އުއްތަރް ޕަރްދޭޝްގެ އަލީގާރގައި ހުންނަ ހޮސްޕިޓެލެއްކަމަށްވާ ޑީން ދާޔަލް ހޮސްޕިޓަލްގެ އައިސޮލޭޟަން ފެސިލިޓީގެ ޑޮކްޓަރަކުވެސް ވަނީ މިފަދަ ޖިންސީ ގޯނާގެ ހާދިސައެއްގައި ހައްޔަރު ކޮށްފައެވެ.
އުމުރުން 30 އަހަރުގެ ޑރ. ތުފައިލް އަހްމަދު ހައްޔަރުކޮށްފައިވަނީ ކޮރޯނާވައިރަހަށް ފައްސިވެގެން އެހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އަންހެނަކަށް ޖިންސީ ގޯނާ ކޮށްގެންނެވެ. ޑރ.ތުފައިލް، ވަނީ މިއަންހެން މީހާ ބާއްވާފައި އޮތް ވޯރޑަށްވަދެ ދެދުވަހުގެ މަތީން އޭނާއަށް ޖިންސީ ގޯނާ ކޮށްފައެވެ.
މީގެ އިތުރުން އިންޑިޔާގެ މުމްބާއީގައި ހުންނަ ކަރަންޓީން ފެސިލިޓީއެއް ކަމަށްވާ ނަވީ މުމްބާއިގައި ކޮރޯނާ ވައިރަސް ޖެހިގެން ބާއްވާފައި އޮތް އަންހެނަކުވެސް ވަނީ ރޭޕް ކޮށްފައެވެ. މިއަންހެން މީހާ ރޭޕް ކޮށްފައިވަނީ ހަމަ އެ ފެސިލިޓީގައި އެޑްމިޓް ކޮށްފައި އޮތް އެހެން މީހެކެވެ. އަންހެންމީހާ ބާއްވާފައި އޮތް ކޮޓަރިއަށް މިމީހާ ވަނީ ޑޮކްޓަރަކަށް ހެދިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަންހެން މީހާއާއި ސުވާލު ކުރުމުން ގައިގާ ރިއްސާ ކަމަށް ބުނުމުން މަސާޖެއް ދޭންކަމަށްބުނެ އަންހެން މީހާގެ ހެދުން ބޭލުމަށްފަހު އޭނާ ރޭޕްކޮށްލީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީގެއިތިރުން މިމަހު ކުރީކޮޅު ޕަޓްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ އައިސޮލޭޟަން ވޯޑުގައި ކުޑަކުއްޖަކު ރޭޕް ކުރުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިކުއްޖާ ރޭޕް ކޮށްފައިވަނީ އެތަނުގެ ގާޑެކެވެ. މި ހާދިސާ ހިނގާފައިވަނީ ޖުލައި 8 ގައި ކަމަށް ވީނަމަވެސް ފުލުހުންނަށް މިކަން ރިޕޯރޓްކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. މިކުއްޖާގެ ހާލު ބެލުމަށް ޗައިލްޑް ހެލްޕްލައިންގެ މުއަޒަފަކު ދިޔުމުން އެކުއްޖާވަނީ ރޭޕްކުރި ވާހަކަ އޭނާއަށް ކިޔައިދީފައެވެ. އަދި ކުއްޖާ އެވާހަކަ ކިޔައިދިނުމުން އެކުއްޖާ ރޭޕްކުރި ގާޑު މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް ރޭޕް ކޭސްތައް އެންމެ ގިނައިން ރިޕޯރޓްކުރާ ގައުމެވެ. ދުނިޔޭގައި ފެތުރެމުންމިދާ ނުރައްކާތެރި ރޯގާ ބަލިމަޑުކަމުގެ ޝިކާރަޔަކަށް ވެދާނެ ކަމުގެ އެއްވެސް ބިރެއްނެތި ބަލި މީހުން ބައިތިއްބާ ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި ވެސް ދަނީ މިފަދަ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ. މިފަދަ ހާދިސާ ތަކުގެ ރިޕޯރޓްކޮށްފައިވާ ކޭސްތަކަށް ވުރެ ރިޕޯރޓް ނުކުރާ ރޭޕް ކޭސްތަށް ގިނަވާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު