ކާޅު (1)
ﷲ سُبْحَانَهُ وَتَعَالَى އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާނީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!
އިންސާނާ ވަޅުލާނެ ގޮތް ބުނެދޭން الله تَعَالَى ކާޅު ފޮނުއްވެވީ ކީއްވެ؟
ކީރިތި ޤުރްއާނުގައި، ވާރިދު ވެފައިވާ ޙަޤީޤީ ޙާދިސާ؛
އާދަމް ޢަލައިހިއް ސަލާމުގެ ދެ ފިރިހެން ދަރިކަލުން ޤާބީލާއި ހާބީލުގެ ވާހަކަ އަކީ، ކީރިތި ޤުރްއާނުގައި އައިސްފައިވާ ވާހަކަ ތަކުގެ ތެރެއިން އެންމެ ހިތާމަވެރި އެއް ޙާދިސާއެވެ. މި ޙާދިސާ ގައި ޤާބީލު، ހާބީލު މަރައިލުމަށް ފަހު، ޤާބީލަށް އޭނާގެ އަޚާގެ މުޅަ މަސްގަނޑަށް ހަދާނެ ގޮތެއް ވެސް ނޭނގުނެވެ. ދެން އެ ގޮތުގެ މަތީ ޤާބީލު ހުއްޓައި، އޭނާގެ އަޚު ހާބީލުގެ ހަށިގަނޑު ވަޅުލާނެ ގޮތް އޭނާ އަށް ދަސްކޮށްދެއްވަން ﷲ ތަޢާލާ ފޮނުއްވެވީ ކާޅު ކަމަށް ކީރިތި ޤުރްއާނުގައި އައިސްފައި ވެއެވެ. އެހެންވީމައި، އުފެދޭ ސުވާލަކީ، ކާޅަށް ވުރެ ބިޔަ ބޮޑެތި ދޫނި އުޅޭ އިރު، އަދި އެހެނިހެން ޖަނަވާރު ވެސް އުޅޭ އިރު، އިންސާނާ މަރުވުމަށް ފަހު ވަޅުލާނެ ގޮތް ބުނެދެއްވަން ﷲ ތަޢާލާ ކާޅު ފޮނުއްވެވީ ކީއްވެގެންތޯއެވެ؟ އެހެން ދޫންޏެއް ނުވަތަ ޖަނަވާރެއް ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ މި ލިޔުމުން އޭގެ ސަބަބު އެނގިވަޑައިގަތުމުން ﷲ ތަޢާލާގެ ޙިކުމަތްވަންތަކަމާއި، ހުސްޠާހިރުވަންތަކަން ބަޔާން ނުކޮށް ހަމަ އެކަކަށް ވެސް ފަރުނުޖެހޭނެ ކަމީ ޔަޤީން ކަމެކެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން، ދުނިޔޭގެ ބިމުގައި، އަދި މުޅި އިންސާނީ ޙަޔާތުގައި ހިނގި، އިންސާނަކު އަނެއް އިންސާނާ މެރުމުގެ ފުރަތަމަ ޖަރީމާ އަކީ، މި ދެންނެވި ޤާބީލާއި ހާބީލާ ދެމެދު ހިނގި، ހިތާމަވެރި ޙާދިސާއެވެ. އެ ޙާދިސާގައި ޤާބީލު އޭނާގެ އަޚު ހާބީލު ޤަތުލު ކުރިއެވެ.
ޝައްކެއް ނެތް ގޮތުގައި، އެ ޙާދިސާ ހިނގުމަށް ސަބަބު މެދުވެރިކޮށްދިން މޭސްތިރި އަކީ، އަޒަލުން ސުރެ އިންސާނާގެ މައްޗަށް ޙަސަދަވެރިވެފައި ހުރި އިބިލީހެވެ. އޭނާ ހުރީ އޭނާގެ ކިބުރުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ﷲ ތަޢާލާ އެ ކަލާނގެ ރަޙްމަތުން އޭނާ ދުރު ކުރެއްވީތީ، އެކަމާ ރުޅި އައިސްފައެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އާދަމުގެ ދަރިއަކަށް ދެރައެއް ދޭނެ ފުރުޞަތަކަށް ބަލަބަލައެވެ. ލަޢުނަތް ލެއްވި އިބިލީސް ހުރީ އެކަމަށް ފާރަލައިގެންނެވެ.
ކީރިތި ޤުރްއާނުގައި، އަލް މާއިދާ ސޫރަގެ 27 ވަނަ އާޔަތުން ފެށިގެން، އެ ސޫރަތުގެ 31 ވަނަ އާޔަތުގެ ނިޔަލަށް ހުރި އާޔަތްތަކުން، ވަރަށް ކުރުކޮށް، ޤާބީލާއި ހާބީލުގެ މި ހިތާމަވެރި ޙާދިޘާ ގެ ފެށުމާއި ނިމުން ސިފަވެގެންދެއެވެ. އަލް މާއިދާ ސޫރަތުގައި، ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. (وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذ ْقَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الآخَرِ قَالَ لَأقْتُلَنَّكَ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ) މާނައީ: "އާދަމްގެފާނުގެ ދެ ދަރިކަލުންގެ ޚަބަރު، ޙައްޤު ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެ ދަރިކަލުން ޤުރުބާނެއް ކުރިމަތިކުރެއްވި ހިނދު، (ކަންހިނގި ގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެ ދަރިކަލުން ކުރެ، އެއް ދަރިކަލެއްގެ ކިބައިން (ޤުރުބާން) ޤަބޫލު ކުރެއްވި އެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެއްވި އެވެ. އެ ދަރިކަލުން ވިދާޅުވި އެވެ. ތިމަން، ކަށަވަރުން ވެސް ކަލޭ ޤަތުލު ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވި އެވެ. اللَّه ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤުވާ ވެރިންގެ ކިބައިންނެވެ." (لَئِنْ بَسَطْتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ) މާނައީ: "ހަމަކަށަވަރުން، ތިމަން ޤަތުލު ކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ ޤަތުލު ކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، ޢާލަމުތަކުގެ ވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ." (إِنِّي أُرِيدُ أَنْ تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ وَذَلِكَ جَزَاءُ الظَّالِمِينَ) މާނައީ: "ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފަ އާއި ކަލޭގެ ފާފައާއިގެން (اللَّه ގެ ޙަޟްރަތަށް) ކަލޭ ރުޖޫޢަ ވުމެވެ. އޭރުން ކަލޭ ވާހުށީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ." (فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ الْخَاسِرِينَ) މާނައީ: "ދެން އޭނާގެ أخ އަޚާ ޤަތުލު ކުރުމަށް، އޭނާގެ ނަފްސު އޭނާޔަށް ޒީނަތްތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ އަޚާ ޤަތުލުކުޅަ އެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ވިއެވެ." (فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْأَةَ أَخِيهِ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَذَا الْغُرَابِ فَأُوَارِيَ سَوْأَةَ أَخِي فَأَصْبَحَ مِنَ النَّادِمِينَ) މާނައީ: "ދެން އޭނާގެ އަޚާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް اللَّه ފޮނުއްވި އެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާ އެވެ! އަހުރެންގެ އަޚާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިން ވުމަށް ވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިން ވިއެވެ." މިއީ ކީރިތި ޤުރްއާނުގައި ވަރަށް ކުރުކޮށް އެ ވާހަކަ އައިސްފައިވާ ގޮތެވެ.
އޭރު ކާވަނި ކުރެވެމުން އައި ގޮތް
އިތުބާރު ހިފޭ ބައެއް ރިވާޔަތްތައް ބުނާ ގޮތުން، އާދަމް ޢަލައިހިއް ސަލާމާއި، ޙައްވާ ޢަލައިހައް ސަލާމަށް ލިބިވަޑައިގަންވަމުން އައީ މުޅިން ވެސް އެއްމާބަނޑު ދެބެންނެވެ. އެ ގޮތަށް 20 ފަހަރު އާލާސްވެ އިންނަވައި، 40 ބޭފުޅުން ލިބިވަޑައިގެންނެވި ކަމަށް ތަފްސީރުއް ސަޢުލަބީ ގައި ވެއެވެ. މިއިން ކޮންމެ ބަނޑަކަށް ވެސް، ލިބިވަޑައިގެންނެވިކަމަށް ވަނީ، ފިރިހެން ބޭފުޅަކާއި، އަންހެން ބޭފުޅެކެވެ. އެހެން ކަމުން ކާވަނި ކޮށްދެއްވަމުން ގެންދެވީ، އެއް ބަޑަށް ލިބިވަޑައިގަންނަވާ ފިރިހެން ބޭފުޅަކާ، އަނެއް ބަނޑުގެ އަންހެން ބޭފުޅަކާއެވެ. މި ގޮތުން ޤާބީލާ އެއްމާބަނޑު އަންހެން ބޭފުޅަކީ، މާރީތި ބޭފުޅަކަށް ވާތީ ޤާބީލު ބޭނުންވީ އެ ބޭފުޅާއާ ކާވަނި ކުރާށެވެ. ނަމަވެސް އެއީ އާދަމްގެފާނުގެ ޝަރީޢަތުގައި ހުއްދަ ގޮތެއް ނޫނެވެ. މި މަސްއަލަ ޙައްލު ކުރައްވާނެ ގޮތެއް އެނގިވަޑައިނުގެން އުޅުއްވަނިކޮށް، އާދަމްގެފާނަށް ﷲ ތަޢާލާ އެންގެވީ، އެ ދެ ބެއިން ކުރެ ކޮންމެ މީހަކު، ﷲ ތަޢާލާ އަށް ޤުރްބާނެއް ކުރަން އެންގެވުމަށެވެ. މީގެ މާނަ އަކީ، ﷲ ތަޢާލާ އެ މީހެއްގެ ޤުރްބާން ޤަބޫލުކުރެއްވި މީހަކު އެދޭ ގޮތަށް ކައިވެނި ކޮށްދެއްވުމެވެ.
މި ގޮތާ ރުހި، ދެ މީހުން ވެސް ޤުރުބާން ކޮށްފިއެވެ. ޤާބީލަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރި ބޭފުޅެކެވެ. ޤާބީލު ކުރި ޤުރުބާނަކީ، ވަރަށް އާދައިގެ ދެރަވަރުގެ ގޮވާމުގެ ބާވަތެވެ. އެއާ ޚިލާފަށް ހާބީލު ޤުރްބާނަކަށް ހުށަހެޅީ އޭނާ އަތުގައި ހުރި އެންމެ އަގުހުރި މުދަލެވެ. ހާބީލަކީ ގެރިބަކަރި ގެންގުޅޭ ބޭފުޅެކެވެ. ޤާބީލުގެ ނިޔަތް އޭރު ވެސް އޮތީ ނުބައިކޮށެވެ. އޭނާގެ ވިސްނުމުގައި ހުރީ، ކޮންމެ ގޮތެއް ވިޔަސް ހާބީލު ޤާބީލުގެ ރީތި އުޚްތާ ކައިވެނި ކުރިޔަކަ ނުދޭނަމޭއެވެ. ޤުރްބާން ޤަބޫލު ކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް އެ ކަމެއް ނުކުރެވޭނެޔޭ އެވެ. ނަމަވެސް ހާބީލުގެ ނިޔަތް ވަރަށް ޚާލިޞްވެފައި ތެދުވެރި އެވެ. އޭނާ ކުރި ޤުރުބާނުން ވެސް އެ ކަން އެނގެއެވެ. ނަތީޖާ އަކަށް ވީ، ހާބީލުގެ ޤުރުބާން ﷲ ތަޢާލާ ޤަބޫލު ކުރައްވައި، ޤާބީލު ގެ ޤުރުބާން ރައްދު ކުރެއްވުމެވެ. އެ ހިސާބުން މި ޖެހެނީ ކުރިން ވެސް އޮތް ގޮތަށް ޤާބީލު ހާބީލުގެ އުޚްތާއާ ކާވަނި ކުރާށެވެ. އަދި ހާބީލު ޤާބީލުގެ އުޚުތާއާ ކައިވަނި ކުރާށެވެ. ދެން އެ ދެމެދު ގައި ކަންތައް ހިނގި ގޮތް ކީރިތި ޤުރްއާނުގެ އިސްވެ ދެންނެވި އާޔަތްތަކުގެ މާނައިން އަހަރެމެންނަށް އެބަ އެނގެއެވެ. ޤާބީލު ހާބީލު މަރައިލިއެވެ. އެކަމަކު އެ ޙާދިޘާ ގައި ހާބީލު އޭނާގެ އަޚާ އަށް ރައްދު ޙަމަލާއެއް ވެސް ނުދެއްވައެވެ. އެ ހިސާބުން ޤާބީލަށް މި ކުރެވުނު ނުބައި ޢަމަލު އިޙްސާސްވެ، ދެން ހަދާނެ އެއްވެސް ގޮތެއް ނޭނގި، މުޅިން ހާސްވިއެވެ. ދެން އޭނާގެ އަޚާގެ މުޅަ މަސްގަނޑު ވަޅުލާނެ ގޮތް ބުނެދޭން ﷲ ތަޢާލާ އެތަނަށް ކާޅެއް ފޮނުއްވައެވެ. އަދި އެކަން ކުރަންވީ ގޮތް އެ ކާޅުގެ ފުޅުން ޤާބީލަށް ދަސްވެއެވެ.
ސުވާލަކީ ޤާބީލު ހާބީލު ޤަތުލު ކުރުމަށް ފަހު، އޭނާގެ އަޚާގެ މުޅަ މަސްގަނޑަށް ހަދާނެ ގޮތެއް ނޭނގި، އެ ކަމާ ހިތާމަ ކުރަނިކޮށް، އޭނާ އަށް އެކަން ކުރާނެ ގޮތް ދަސްކޮށްދެއްވުމަށް، ﷲ ތަޢާލާ ކާޅު ފޮނުއްވެވީ ކީއްވެ ހެއްޔެވެ؟ އެހެންވީމާ ކާޅާ ބެހޭ ގޮތުން ހޯދިފައިވާ މަޢުލޫމާތު އެނގުން މި ވަގުތަށް ވަރަށް ނުހިއްމެވެ.
*******
މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު