އަލް ހިލާލަށް ކުޅެމުންދާ ބްރެޒިލްގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއަރއަށް ތިން ވަނަ ކުއްޖަކު ލިބެން އުޅޭ ކަމުގެ ވާހަކަތައް ފެތުރެން ފަށައިފިއެވެ.

މި ޚަބަރު ރިޕޯޓްކޮށްފައިވަނީ ބްރެޒިލްގެ މީޑިއާއަކުންނެވެ. އެ ރިޕޯޓްގައި ބުނާގޮތުންނަމަ އުމުރުން 31 އަހަރުގެ ނޭމާގެ ދަރިއަކަށް ބަލިވެއިން މޮޑެލްގެ ބަނޑަށް ތިން މަސް ވެއްޖެއެވެ. ޖެމީލް އެލީމާ ނަމަކަށް ކިޔާ އިންފްލޫއެންސާއެއް ވަނީ ނޭމާގެ 2 މަހުގެ އަންހެން ދަރިފުޅުގެ ފޮޓޯއަކަށް ކުރި ކޮމެންޓެއްގައި އެކުއްޖާއަށް ކޮއްކޮއެއް ލިބެން އުޅޭ ކަމަށް ބުނެފައެވެ. އަދި އެދެކުދިންގެ އުމުރުގައި އެއް އަހަރުގެ ތަފާތެއް ހުންނާނެ ކަމަށް ބުނެފައި ވެއެވެ. ފަހުން މި އަންހެންމީހާ ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. އެކަމަކު، އެހާތަނަށް ބްރެޒިލްގެ މަޝްހޫރު ނޫސްވެރިޔާ ލެއޯ ޑިއާޒް ވަނީ އެއީ ތެދު ޚަބަރެއް ކަމަށް ރިޕޯޓްކޮށްފައެވެ.

ނޭމާގެ 2 މަހުގެ ދަރިފުޅުގެ މަންމަ ބްރޫނާ ބިއަންކާޑީ އޭނާއާއި ރުޅިވީއިރު ނޭމާ އެވަގުތު ހުރީވެސް ކަަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައެވެ. މޮޑެލް ބްރޫނާ ނޭމާއާއި ރުޅިވީ ނޭމާ ފާޅުގައި އޭނާއަށް ބޭވަފާތެރިވާކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ.

ނޭމާގެ 11 އަހަރުގެ ފިރިހެންކުއްޖެއްވެސް ހުރެއެވެ. ޑާވީ ލޫކާއަކީ ނޭމާގެ ކުރީގެ ލޯބިވެރިޔާ ކެރޮލީނާ ޑެންޓަސްއަށް ލިބުނު ކުއްޖެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން