ބާމިންގްހަމްގެ ކޯޗްކަމާއި ހަވާލުވީފަހުން ކުޅުނު 15 މެޗަށްފަހު ވޭން ރޫނީ މަޤާމުން ވަކިކޮށްފިއެވެ.
ޖޯން ޔޫސްޓޭސް މަގާމުން ވަކިކުރަން ނިންމުމާ ގުޅިގެން އުމުރުން 38 އަހަރުގެ ރޫނީ މަގާމަށް އައްޔަން ކުރީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު ބާމިންގްހަމް އޮތީ ލީގްގެ 6 ވަނައިގައެވެ. އެހެން ނަމަވެސް، މިހާރު އެކްލަބް އޮތީ ލީގް ޕޮއިންޓް ޓޭބަލްގެ 20 ވަނައިގައެވެ. ރޫނީ މަޤާމާއި ހަވާލުވީފަހުން ކުޅުނު 15 މެޗްގެ ތެރެއިން 9 މެޗުން ބާމިންގަހަމް ވަނީ ބަލިވެފައެވެ.
އެއާއެކު، ބާމިންހަމްގެ ކޯޗްކަމުގެ މަޤާމާއި ވަގުތީ ގޮތުން ހަވާލުވާނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯޗު ސްޓީވް ސްޕޫނަރއެވެ. ރޫނީ ބުނީ މިއީ އޭނާގެ ކެރިއަރުގެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިއަށްފަހު ފުޓްބޯޅައިން ބްރޭކެއް ނަގަން ގަސްދުކުރާ ކަަމަށެވެ. ބާމިންގްހަމްއިން ދިން ފުރުޞަތަށް ޝުކުރު އަދާ ކުރި ނަމަވެސް ރޫނީ ބުނީ 13 ހަފްތާ ތެރޭގައި އެއްވެސް ކޯޗަކަށް އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.
"ކޮންމެ ކޯޗަކަށްވެސް ޓީމަށް ހެޔޮ ބަދަލެއް ގެންނަން ވަގުތުކޮޅެއް ނަގާނެ." ރޫނީ ބުނެފަވެއެވެ.
"އުމުރުން 16 އަހަރުން ފެށިގެން ފުޓްބޯޅަ ދާއިރާގައި އުޅުނިން. މިހާ ހިސާބުން އާއިލާއަށް ވަގުތު ދޭން ވިސްނަނީ. ކޯޗިންގ ދާއިރާއިން އިތުރު ފުރުޞަތެއް ލިބެންދެން." އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެދިން ރޫނީ ބުނެފަވެއެވެ.
ރޫނީ ވަނީ މީގެ ކުރިން އިނގިރޭސި ޗެމްޕިއަންޝިޕުގެ ކުލަބް ޑާބީ ކައުންޓީގެ އިތުރުން, އެމެރިކާ ލީގުގެ ކުލަބް ޑީސީ ޔުނައިޓެޑަށްވެސް ކޯޗުކަން ކޮށްދީފައެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބުތަކެއް ލިބިފައިވީ ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން އޭނާއަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު