ފްރާންސްގައި ދިރިއުޅޭ އަލްޖީރިއާ ފުޓްބޯޅަ ކުޅުންތެރިޔަކު ޣައްޒާއާއި ގުޅޭ ޕޯސްޓެއް ކުރުމުން އޭނާގެ މައްޗަށް ނީސްގެ ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވައިފިއެވެ.

އުމުރުން 27 އަހަރުގެ ޔޫސެފް އަޓަލް ހިއްސާ ކުރި އެޕޯސްޓު ހިއްސާ ކުރީ އޭތި ފުރިހަމައަށް ނުބަލާ ކަމަށް އޭނާ ބުނެފައި ވެއެވެ. އެހެން ނަމަވެސް އެ ވީޑިއޯ ރީޕޯސްޓް ކުރި ކަމަށް ބުނެ ފްރާންސްގެ ނީސްގެ ކޯޓުން ވަނީ އޭނާގެ މައްޗަށް 8 މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އިސްރާއީލާއި ޣައްޒާ ހަނގުރާމަ އޮކްޓޯބަރު ހަތް ވަނަ ދުވަހު ފެށުނުތާ ފަސް ދުވަސް ފަހުން، ދަރުސް ދެއްވާ މުޙައްމަދު އަލް ހަސަނާތްގެ ވީޑިއޯއެއް އަޓަލް ވަނީ އޭނާގެ 3.2 މިލިއަން އިންސްޓަގްރާމް ފޮލޯވަރުންނާއި ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވަމުންދާ ކުޑަކުދިންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށްފަހު އަލް ހަސަނާތު ވަނީ ޔަހޫދީންނާ ދެކޮޅު ވާހަކައެއް ދައްކަވައި، އެމީހުންގެ ހަމަލާތައް އެމީހުންނަށް އެނބުރި ރައްދުވުމަށް މަގުފަހިކުރުވުމަށް ދުޢާ ކޮށްފައެވެ.

އަޓަލް ބުނީ އޭނާ އެއްވެސް ޙާލެއްގައި އަނިޔާކުރުމަކަށް ތަރުހީބު ނުދޭ ކަމަށެވެ. އަދި ވީޑިއޯގައި އެކަމަށް ހިތްވަރުދޭކަން އޭނާއަށް ނޭނގޭ ކަމަށްވެސް ބުނެފައި ވެއެވެ. އެހެން ނަމަވެސް، ފްރާންސްއިން ވަނީ ނޮވެމްބަރު މަހުގައި އޭނާ ހައްޔަރުކޮށް ފުޓްބޯޅައިން ސަސްޕެންޑްވެސް ކޮށްފައެވެ. އެފަހަރު އަޓަލް ވަނީ 80،000 ޔޫރޯ ދައްކައިގެން ކަފާލާތުގެ ދަށުން މިިނިވަންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން