ރ.އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ، އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 9 ޖަނަވަރީ 2024 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

14.77 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2022ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢޫގެ ސަބަބުން އިންނަމާދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ދެކެއެވެ. އަދި މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުމާއެކު ވަރަށް އަވަހަށް މަސައްކަތް ފުރިހަމަކޮށް ނިންމާލެވޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން