ސައުދީ ލީގަށް ކުޅެމުންދާ އިނގިރޭސިވިލާތުގެ މިޑްފިލްޑަރ ޖޯޑަން ހެންޑަސަން ޔޫރަޕްގެ ކްލަބް އަޔަކްސްއަށް ބަދަލުވެއްޖެއެވެ.
އުމުރުން 33 އަހަރުގެ ހެންޑަސަން ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގަށް ސޮއިކުރިިތާ އެންމެ ހައެއްކަ މަސް ފަހުން އަޔަކްސްއަށް ބަދަލުވުމަކީ ހައިރާން ވާ ވަރުގެ ކަމެއް ނޫން ކަން ފުޓްބޯޅައިގެ މާހިރުން ފާހަގަކުރެއެވެ. 35،000 މީހުންގެ ޖާގައިގެ ދަނޑެއްގައި ލީގުގެ އަށް ވަނައިގައި އޮތް އަލް އިއްތިފާގުގެ މެޗްތައް ބަލަން ޢާންމުކޮށް ދަނޑަށް ވަންނަނީ އެވްރެޖްކޮށް 7،854 މީހުންނެވެ.
މިދިޔަ އަހަރު ޔޫރަޕް ލީގަށް ކުޅޭ ނަން މަޝްހޫރު ބައެއް ކުޅުންތެރިން ވަނީ ސައުދީ ލީގްގެ ކްލަބްތަކަށް ކުޅެން ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކަރިމް ބެންޒެމާވެސް ހިމެނެއެވެ. ހެންޑަސަންއަށްފަހު ބެންޒެމާވެސް ސައުދީ ދޫކޮށް ޔޫރަޕަށް ބަދަލުވުމުގެ ވާހަަކަތައް ފެތުރެމުން އެބަދެއެވެ.
ބޮޑު އަގެއްގައި ސައުދީއަށް ޓްރާންސްފާވި ހެންޑާސަން އަލް އިއްތިފާގް ދޫކޮށްފައިވަނީ ކީއްވެގެން ކަން ހާމަކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު ބުނާގޮތުގައި ހެންޑާސަން އަލް އިއްތިފާގަށް ކުޅެން ފެށީ އެ ޓީމްގެ ކޯޗް ސްޓީވަން ޖެރާޑާއި އޮންނަ ގާތް ރަހުމަތްތެރިކަމާއި ގުޅިގެންނެވެ. ޖެރާޑަކީ ކުރީގެ އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަނެވެ.

ކިޔުންތެރިންގެ ހިޔާލު