ހއ. ހޯރަފުށީ ހާފްވޭ ހައުސް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ހާފްވޭ ހައުސްގެ އެންމެ ބޮޑު ބޭނުމަކީ، ކުށްތަކުގައި ގެންނަ ކުޑަކުދިންނަށް ބޭނުންވާ ރެހިބިލިޓޭޝަން ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، ބޭނުންތެރި ބައެއްގެ ގޮތުގައި އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުން ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން މިއަދު ބުނީ ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫޢަކީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

"މި މަޝްރޫޢުގެ ދަށުން، ގްރައުންޑް މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކާއި، މޭޝަނަރީ އަދި ޕްލާސްޓަރިންގ މަސައްކަތްތަކާއި، ފުރާޅު އަދި ސީލިންގ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ފިނިޝިންގ މަސައްކަތްތަކާއި، މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގް މަސައްކަތްތަކާއި، އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ." މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

ހއ. ހޯރަފުށީ ހާފްވޭ ހައުސް އިމާރާތް ކުރުމުގެ މަޝްރޫޢުއަކީ 15.6 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުއެކެވެ.

1980 ވަނަ އަހަރު ސަރުކާރުން އުފެއްދި އެމްޓީސީސީގެ ތާރީޚުގައި ވޭތުވެދިޔަ 43 އަހަރުތެރޭ އެކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން