ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލަކުގައި މޫދަށް އެރިއުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު 7:30 ހާއިރު ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށާއި، އެއީ 23 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން