ޢުމްރާ ދަތުރުތަކުގައި ދިވެހި ޢުމްރާވެރިން ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ބޭނުންކުރާނީ ހަރަމައިން ހައިސްޕީޑް ރޭލު ކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ޢުމްރާ ދަތުރުތަކުގައި މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައިސްޕީޑް ރޭލް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ޢުމްރާ ދަތުރުތަކާ ގުޅުންހުރި ޚިދްމަތްތައް ލުއިފަސޭހަ، ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނީ ބަހުގެ ބަދަލުގައި، ހައިސްޕީޑް ރޭލު ބޭނުން ކުރުމަށް ނިންމި ނަމަވެސް މިހާރު ޢުމްރާގެ ދަތުރަށް ނަގަމުންދާ އަގު، އިތުރަށް ބޮޑު ނުވާނެ ކަމަށެވެ.

“މިކަމުގެ ސަބަބުން ޢުމްރާވެރިން މަދީނާ ދަތުރުގައި ތަހައްމަލުކުރަމުންދިޔަ ބުރައަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ.” ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

މީގެ ކުރިން ޢުމްރާވެރިން މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ކުރާ ބަސް ދަތުރުތަކަކީ ގާތްގަނޑަކަށް 6 ނުވަތަ 8 ގަޑިއިރުގެ ދަތުރުތަކެކެވެ. މައްކާއާއި މަދީނާއާ ދެމެދު ކުރާ ރޭލު ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް 2 ގަޑިއިރު ނުވަތަ 2ގަޑިއިރާއި 20 މިނެޓެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ތިމަންނަ

19-Feb-2024

ނަގަމުން އައި އަގަކީ , ރޭލުގައި ކުރިއަސް ކުރެވޭނެ އަގޭ , މިހެންވެ އިތުރު އަގެއް ނަގާކަށް ނުޖެހޭނެ ތާ



ޓްރެންޑިން