ދައުލަތް ހިންގުމުގެ ވިއުގައަށް ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމާއި ޚިޔާލުތަފާތުވުންތައް ވަދެ، ގައުމުގެ ތަރައްގީއަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ލާމަރުކަޒީ ނިޒާމު ބައްޓަންވެފައި އޮތުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
'އެސްއެސްޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޢުމަރު ވިދާޅުވީ، ރަށު ކައުންސިލަކުން ސަރުކާރުގެ ކުންފުންޏަކާ ދެކޮޅަށް ދައުވާކޮށް ކޯޓަށް ދެވޭ ފަދަ ގޮތަކަށް ނިޒާމު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިގޮތުން، ކުޅުދުއްފުށީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް އެ ރަށު ކައުންސިލުން ކޯޓަށް ދިޔަ މައްސަލައަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، ކަންކަން އެ މިންވަރަށް ގޯސްވެގެން ނުވާނެ ކަމަށެވެ.
ދިވެހި ދައުލަތަކީ 180 ބަޔަކަށް ބަހާލެވިފައިވާ ތަނެއް ނޫންކަން ފާހަގަކުރައްވައި، މުޅި ލާމަރުކަޒީ ނިޒާމު އަލުން އިސްލާހުކުރަންޖެހޭ ކަމަށް ޢުމަރު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުންނެވެ. އަދި ވެރިކަން ބަދަލުވުމުން ޕީއެންސީން ވެސް އަމަލުކުރަނީ ހަމަ އެ އުސޫލުން ކަމަށާއި، މިއީ ހަމައެކަނި ސިޔާސީ މަސްލަހަތު އިސްކުރުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް ޕޮލިޓިކަލް ޕާޓީގެ ޚިޔާލު ތަފާތުވުންތައް އައިސް ވަދެ، ބުރަކި ޖެހި، ދަތި އެޅުވި، އެކަކު ގޮވައިގެން އަނެކަކު ކޯޓަށް ގޮސް، މި ޑްރާމާ ކުޅެން ޖާގަދޭ ނިޒާމެއް، އެފަދަ ނިޒާމަކުންނެއް ދިވެހިރާއްޖެއަކަށް ކުރިއެރުމެއް ނުލިބޭނެ،" ޢުމަރު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރު ޒިންމާދާރުކުރުވުމަކީ ކައުންސިލްތަކުގެ މައްޗަށް އޮތް ވާޖިބެއް ނޫން ކަމަށާއި، ކައުންސިލްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށް ޢުމަރު ވިދާޅުވިއެވެ. އަދި ތަރައްގީގެ މުހިންމު ބޭނުންތަކަށް ސަރުކާރުން ރަށްރަށުގެ ބިންތައް ބޭނުންކުރެވޭނެ ގޮތް ކަނޑައެޅުމަކީ ސަރުކާރަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށާއި، އެއީ ބިންތައް ފޭރިގަތުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢުމަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ފާހަގަކުރެއްވީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަރުކަޒީ ސަރުކާރާ ދެކޮޅަށް 180 ކައުންސިލުން ވަކިވަކިން ކުރިމަތިލައި ގޮންޖަހަން ފަށައިފިނަމަ، ގައުމަށް ދުވަހަކުވެސް ހަގީގީ ތަރައްގީއާއި ކުރިއެރުން ނުލިބޭނެ ކަމަށެވެ. އެހެންކަމުން ގައުމީ މަސްލަހަތު އިސްކޮށް، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން އަލުން އެކަށައެޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު