ރާއްޖޭގައި އަލަށް އިމާރާތް ކުރެވޭ މިސްކިތްތަކުގައި ސޯލާ ހަރުކުރުމަކީ އަސާސީ ކަމަކަށް ހައްދަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން މިހާރު ފަށާފައިވާ މިސްކިތްތައް ބިނާ ކުރުމުގެ މަޝްރޫއުއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫއުގެ ތެރެއިން، މިސްކިތް ނިމޭ އިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫއުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ހަމަޖައްސައިގެން ކުރިއަށްދާނެ ކަމަށެވެ.

އަދި އޭގެ ބޭނުމަކަށްވާނީ މިސްކިތްތައް އޭސީ ކުރުމަށް މަގުފަހިކޮށް އެކަމަށް ބޮޑު ލުޔެއް ހޯދުންކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.



މި ސަރުކާރުން އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އިތުރުން، ވަގުފު މިސްކިތް އެޅުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ވެސް އަމިއްލަ އެކި ފަރާތްތަކުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް އެޅުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

މިސްކިތްތައް އޭސީ ކުރުމަކީ ނިމިދިޔަ ސަރުކާރުގެ ވައުދެކެވެ. ނަމަވެސް، ކަރަންޓް ހަރަދު ހަމަޖެއްސުމުގައި ދިމާވާ ދަތީގެ ސަބަބުން އެ މަޝްރޫއު ކުރިއަށް ގެންދެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން