ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރު ކުރުމަށް ކަމަށްބުނެ ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރަމުން ދާ ފޯންކޯލްތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށްބުނެ އެ ކޯޕަރޭޝަންގެ ނަމުގައި އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްއެދި ހީލަތުގެ ފޯނު ކޯލުތަކެއް ބަޔަކު ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ ފަރާތުން ހައްޖަށް ގެންދާނަމަ ފައިސާ ދައްކަން ޖެހޭނީ އެ ކުންފުނީގެ (މޯލްޑިވްސް ހައްޖު ކޯޕަރޭޝަން)ގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ކަމަށެވެ.

"އަމިއްލަ ފަރުދެެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން މި ކޯޕަރޭޝަނުން ނާންގާނެ ވާހަކަ ދަންނަވަން." ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައިވެއެވެ.



ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދަނީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހައްޖު އަދި އުމްރާއާ ބެހޭ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ހައްޖަށް ފައިސާ ދައްކައި ހައްޖު ޖާގަ ކަށަވަރުކޮށްފައިވާ ތަރުތީބުން ކަމަށެވެ.

އެހެންކަމުން މިފަދަ ހީލަތުގެ ފޯން ކޯލަކާ ގުޅިގެން އެއްވެސް މައުލޫމާތެއް ހޯދަން ބޭނުން ނަމަ، އެކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 7961012 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން