އިމާމުންނާ ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖޭން ބޭރުން ތަމްރީނު ހޯދާ އިމާމުންނާ ޚަޠީބުންގެ ފުރަތަމަ ބެޗް މިމަހުގެ 16 ވަނަ ދުވަހު މައްކާއަށް ފުރަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިރޭ ފޭސްބޫކްގައި ވިދާޅުވީ، މި މަހުގެ 16 ގައި ފުރާ ޓީމުގެ އިތުރުން، އެ ޕްރޮގްރާމްގެ ދަށުން މައްކާއަށް ފުރާ ދެވަނަ ބެޗް ޝައްވާލް މަސްތެރޭ ފުރާނެކަމަށެވެ.
އަދި އެ ބޭފުޅުން ތަމްރީނު ކުރުމަށް މައްކާ ނޫނަސް އެ ނޫން ގައުމުތަކަށް ވެސް ތަމްރީނަށް ފޮނުވުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން، ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި އަދި އިންޑޮނޭޝިޔާއަށް ވެސް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމަށް މިއަދު ވަނީ ގއ. ގެމަނަފުށީގައި ޕްރޮގްރާމެއް ފަށާފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.
މި ޕްރޮގްރާމްގައި 77 ބޭފުޅުން ބައިވެރިވާއިރު ޕްރޮގްރާމްގައި ޖުމްލަ ނުވަ މާއްދާއެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު