ރިޒޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރުން ޙަރާމްކަމަށް ބުނާ ޚަބަރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު ކުރަށްވައިފިއެވެ.
މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ، ރާއްޖޭގެ ރިޒޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރުމަކީ ޙަރާމްކަމެއްކަމަށް ބުނެ ފަތުވާ ކައުންސިލުން ފަތުވާއެއް ނެރެފައިވާކަމަށް ބުނެ ފަތުރަނީ ދޮގުޚަބަރެއް ކަމަށެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވީ ނަމަވެސް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖިލީހުގެ ވެބްސައިޓްގައި 2013 ވަނަ އަހަރުގެ 04 ނަންބަރު ފަތުވާ ގެ ގޮތުގައި ޝާއިއު ކޮށްފައިވާ ފަތުވާ އެއް އިސްލާމިކް މިނިސްޓްރީގެ މީސްމީޑިއާގެ ވަސީލަތްތަކުން އިއްޔެ ވަނީ ޢާއްމުކޮށްފައެވެ.
އެގޮތުން އިސްލާމްދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާގޮތުގައި މިފަދަ މަސައްކަތުން އާމްދަނީ ހޯދުމަކީ، ޙަރާމްކަމެއް ކަމަށާއި، އެބޭކަލުން އިސްތިސްނާ ކުރައްވަނީ، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ލިބެން ނެތް ޟަރޫރީ ޙާލަތްތައްކަން ފަތުވާގައި ފާހަގަކޮށްފައިވެއެވެ.
"ރާ ހަދާ ތަންތަނާއި، ރާ ވިއްކާ ތަންތަނާއި، ރާގެ މުޢާމަލާތުކުރާ ތަންތަނާއި، އޫރުމަހާއި، އޫރުމަހުގެ ބާވަތްތައް އުފައްދާ ވިއްކާ ތަންތަނުގައި، ނުވަތަ މި ދެބާވަތުންކުރެ ބާވަތެއްގެ ޚިދުމަތް ދޭ ތަންތަނުގައި، މުސްލިމަކު އުޖޫރައަށް ނުވަތަ ވަޒީފާގެ ގޮތުން މަސައްކަތް ކުރުމަކީ، އިޟްޠިރާރީ ޙާލަތެއްގައި މެނުވީ، އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެއް ނޫނެވެ. އަދި އެއީ ޙަރާމް ކަމެކެވެ." ފަތުވާގައިވެއެވެ.
އަދި މިކަމަކީ، ކީރިތި ޤުރްއާނުންނާއި، ކީރިތި ރަސޫލާގެ ސުންނަތުންނާއި، މިއުންމަތުގެ ޢިލްމުވެރިންގެ އިޖުމާޢުން ސާބިތުވާ ކަމެއް ކަމަށް ދަލީލުތަކުން ޙުއްޖަތް ދައްކަވައި ފަތުވާގައިވެއެވެ.
މި ފަތުވާގެ ޚަބަރު ޑރ. ޝަހީމް ދޮގު ކުރަށްވާފައިވާތީ އެކަމުގައި އިސްލާމިކް މިނިސްޓްރީން މިހާރު ޢަމަލު ކުރަށްވަން ޤަސްދު ކުރަށްވާގޮތެއް ސާފު ކުރުމަށް ޑރ. ޝަހީމަށް ދެންނެވި ނަމަވެސް މިހާތަނަށް އެކަމުގައި މިނިސްޓަރުގެ ޖަވާބެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭގެ ރިޒޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރުމަކީ ޙަރާމްކަމެއްކަމަށް ބުނެ ފަތުވާ ކައުންސިލުން ފަތުވާއެއް ނެރެފައިވާކަމަށް ބުނެ ފަތުރަނީ ދޮގުޚަބަރެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 14, 2024
މި ފަތުވާގެ ޚަބަރު ޑރ. ޝަހީމް ދޮގު ކުރަށްވާފައިވާތީ އެކަމުގައި އިސްލާމިކް މިނިސްޓްރީން މިހާރު ޢަމަލު ކުރަށްވަން ޤަސްދު ކުރަށްވާގޮތެއް ސާފު ކުރުމަށް ޑރ. ޝަހީމަށް ދެންނެވި ނަމަވެސް މިހާތަނަށް އެކަމުގައި މިނިސްޓަރުގެ ޖަވާބެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު