އައްޑޫ މިސްކިތްތައް މަރާމާތު ކުރަން 1.5 މިިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އައްޑޫ ސިޓީގެ 68 މިސްކިތެއް މިއަހަރު މަރާމާތު ކުރާނެ ކަމަށެވެ. އަދި އެ މިސްކިތްތައް މަރާމާތު ކުރާނީ، މިސްކިތް ފަންޑުން 1.5 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކަމަށެވެ.

އައްޑޫ ކައުންސިލް މެދުވެރިކޮށް އެ ހަރަދު ކުރަން ނިންމާފައި ވާއިރު، މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތަކުގެ މަރާމާތަށް، ރާއްޖޭގެ ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީއާ ހަވާލުލެވަޑައިގެންނެވި ފަހުން ޝަހީމް ގެންދަވަނީ މިސްކިތްތައް އިމާރާތް ކުރުމަށާއި މަރާމާތު ކުރުމަށް ބޮޑު ސަމާލުކަމެއް ދެއްވަމުންނެވެ.

އެގޮތުން، މިދިޔަ މަހުގެ ތެރޭގައި ހިލޭ އެހީގެ ދަށުން މިސްކިތްތައް ބިނާކުރަން ތިން ފަރާތަކާއެކު ވަނީ އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް އުފައްދަން ހިމަނާފައިވާއިރު މިދިޔަ ޑިސެމްބަރު މަހު ވަނީ އެ މަޖިލިސް އިފްތިތާުހުކޮށްފަ އެވެ.

މިއީ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެކުލަވާލި މަޖިލީހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން