ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބ. އޭދަފުށިން ހޯދައިފިއެވެ.

ހުޅުމާލޭގައި މިރޭ ކުޅުނު ފައިނަލް މެޗު އޭދަފުށި ބައްދަލުކުރީ ލ. ގަމާއެވެ. އެ މެޗު އޭދަފުށިން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުން ގަން ބަލިކޮށްގެންނެވެ.

އޭދަފުށި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް، ގަމުން ވަނީ މީގެކުރިން މި މުބާރާތުގެ ޗެމްޕިއަންކަން އެކިފަހަރު ހޯދާފައެވެ.

މިރޭގެ މެޗްގައި ފުރަތަމަ ހާފު ފަށައިގެން 3 މިނެޓުގައި އޭދަފުށި ޓީމުން ވަނީ ގޯލެއް ޖަހާ ލީޑު ނަގާފައެވެ. އެ ގޯލް ކާމިޔާބުކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އޭދަފުށި ޓީމުން އިތުރު ގޯލެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. ދެ ގޯލުގެ ލީޑެއްގައި އޮއްވާ ގަމުން ވަނީ ގޯލެއް ޖަހާފައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-2 ގެ ނަތީޖާ އަކުން އޭދަފުށި ޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އޭދަފުށިން ޖެހި ގޯލްތަކުން ވެސް މެޗުގެ ނަތީޖާ އަނބުރާލެވޭގޮތެއް ނުވިއެވެ. އަދި މެޗް ނިމިގެން ދިޔައީ 4 – 2 ގެ ނަތީޖާއިން އޭދަފުށި މޮޅުވެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން