ހުކުރު ދުވަހުގައި ދުޢާ އިޖާބަ ކުރެވޭ ވަގުތު ކޮޅެއް ވާކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެކަމާ ގުޅޭ ބައިވަރު ޕޯސްޓުތައް ވެސް ފެނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިވަގުތު ކޮޅާމެދު އެހާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ.
قال الرسول ﷺ "إنَّ في الجُمُعَةِ لَساعَةً، لا يُوافِقُها مُسْلِمٌ، يَسْأَلُ اللَّهَ فيها خَيْرًا، إلَّا أعْطاهُ إيَّاهُ"
"ހަމަކަށަވަރުން ހުކުރު ދުވަހުގައި ވަގުތުކޮޅެއް ވެއެވެ. މާތް ﷲ، މުސްލިމަކަށް އޭނާ އެ އެދުނު ކަންތައް ދެއްވާ ގޮތަށް މެނުވީ، އެ ވަގުތުކޮޅާ ދިމާނުވެ އެވެ."
އަޅުގަނޑުމެންގެ ޝައިޚް ޢަބްދުއްރަޙްމާން އަލްޢަޤްލް ދަންނަ އެހެން ޝައިޚެއްގެ ވާހަކަ ކިޔާދެއްވިއެވެ.
"ކޮންމެ ހުކުރު ދުވަހެއްގެ އަޞްރު ނަމާދުގެ ފަހުން އެ ޝެއިޚް، ފޯނު ނިއްވާލާ، މިސްކިތުގައި ދުޢާ ކުރުމަށް މަޑު ކުރެވެ. މިގޮތަށް އެ ޝެއިޚް ކަންތައް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ."
އަޅުގަނޑުމެންނަށް މުޅި ހަވީރު އެއްކޮށް ދުޢާ ކުރަން ހުސް ނުކުރެވުނު ކަމުގައި ވިޔަސް، ފަސް މިނެޓު އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކަށް ދުޢާ ކޮށްލަން ހުސްކޮށްލާށެވެ. ނޫނީ ފަސް މިނެޓު ވެސް ނުދެވެންޔާ، އުޅޭ އުޅުމުގައި ދުޢާ ކޮށްކޮށްލާ ހުރެވިދާނެވެ.
ދުޢާ ކުރުމަށް މިސްކިތަށް ދިޔުމަކީ ނުވަތަ މުޞައްލާ މައްޗަށް އެރުމަކީ ކޮންމެހެން ޝަރުތެއް ނޫނެވެ. މިކަހަލަ ވަގުތުކޮޅު ތަކުގެ ބޭނުން އަޅުގަނޑުމެން ހިފަން ވާނެއެވެ.
#حديث_نبوي
-ޝިރުހާން ޢަލީގެ ލިޔުއްވުމަކުން ނަކަލު ކޮށްފައި-

ކިޔުންތެރިންގެ ހިޔާލު