އަހުމަދު ޔާމިން   9 މާރިޗު 2024 - 14:47
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ރޯދަ މަހުގައި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ނޯޓު ކުރުމެވެ.

ޤުރްއާން ކިޔަވާނެ މިންވަރާ، ހުރިހާ ނަމާދެއް އެންމެ ފުރަތަަމަ ވަގުތުގައި ޖަމާއަތުގައި ކުރުމާއި، ތަރާވީޙް ނަމާދު އެންމެ ރެއަކު ވެސް ވައްޓާނުލާ ކުރުމާއި، ދުވާލަކު ދަރުހެއް އަޑުއެހުން ކަހަލަ ކަންތައްތައް، މިއީ ނޯޓު ކުރެވިދާނެ ކަންތައްތަކެވެ.

ދެން ރޯދަމަސް ނިމުމުން، ނޯޓު ކުރި ކަންތައްތައް ބަލައިލުމުން ހާސިލުވި މިންވަރު އެނގޭނެއެވެ.

ވީހާވެސް ގިނަ ހެޔޮ ޢަމަލު ކުރަން ނިޔަތް ގަންނާށެވެ. އޭރުން އުޒުރެއް ދިމާވެގެން ނުކުރެވުނު ކަމުގައި ވިޔަސް އެ ނިޔަތަށް ސަވާބު ލިބޭނެއެވެ.

އަދި ރޯދަމަސް އައުމުގެ ކުރިން ފާފަތަކުން ތައުބާވެ ސާފު ޠާހިރު ނަފްސަކައިގެން އެ މާތް މަތިވެރި މަހަށް ވަންނަން ތައްޔާރުވާށެވެ. އަދި މިހާރުން ފެށިގެން ރޯދަމަހުގައި އަޅުކަންތައް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާ ފަސޭހަ ކޮށްދެއްވާތޯ ދުޢާ ކުރާށެވެ.

-ޝިރުހާން ޢަލީގެ ލިޔުއްވުމަކުން ނަކަލު ކޮށްފައި-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން